ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ ޢަދަދު: 03

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

އުޖޫރަ:  

މުސާރަ ( މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 153/85( އެއްސަތޭކަ ފަންސާސް ތިން ރުފިޔާ އަށްޑިހަ ފަސްލާރި)

 އެއް މަސްދުވަހު މަސައްކަތަށް ނުކުތުމުން އެކު ޖުމްލަ 4000/- (ހަތަރުހާސް އެއްރުފިޔާ)

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ޑިއުޓީ އުޞޫލުން އިދާރާއިން ކަނޑައަޅާ ޑިއުޓީ ތާވަލާއި އެއްގޮތަށް ގިނަވެގެން ކޮންމެ 24 ގަޑިއިރަށް 8 ގަޑިއިރުގެ ޑިއުޓީ

(ކޮންމެ ޙަފްތާއަކު 1 ދުވަސް އޮފް ދުވަހުގެ ގޮތުގައި ލިބޭނެއެވެ.

ތަޢްލީމީ ފެންވަރު: 1-ގްރޭޑް 7 ނިންމާފައިވުން.

             ނުވަތަ

     ސެކިއުރިޓީ ބެލެހެއްޓުން ނުވަތަ ވޮޗަރުކަން ކުރުން ނުވަތަ ގާރޑެއްގެ ގޮތުގައި                   މަސައްކަތްކުރުމުގެ މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ޝަރުޠު:  ޢުމުރުން 65 އަހަރުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ގިނަވަގުތު މަސައްކަތުގައި އުޅެވުން.
  2. ޑިއުޓީ ގޮތުގައި ރޭނގަޑާއި ދުވާލު މަސައްކަތްކުރެވޭ ފަދަ ޞިއްހަތެއް ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކައުންސިލު އިދާރާގެ ޢިމާރާތާއި ގޯތީގެ ސަރަޙައްދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. އިދާރާއިން ކުރިޔަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

27 ޖަނަވަރީ 2021 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

19 ޖަނަވަރީ 2021
ހޯދާ