މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންކުރާނެ ވީޑިއޯ ކްލިޕް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މި އޮތޯރިޓީން ދޭ މައުލޫމާތާ އެއްގޮތަށް، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންކުރާނެ 8 (އަށެއް) ވީޑިއޯ ކްލިޕް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓަރ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓަރވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

27 ޖަނަވަރީ 2021

ބުދަ

10:00

މައުލޫމާތު ސާފުކުރުމުގެ ސުންގަނޑި

01 ފެބުރުވަރީ 2021

ހޯމަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

03 ފެބުރުވަރީ 2021

ބުދަ

10:00

 

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 10:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓަރވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.

20 ޖަނަވަރީ 2021
ހޯދާ