މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 

 ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް އެޑްމިނިސްޓަރޭޝަން ޑިވިޜަނަށް ބޭނުންވާ މަޤާމްތައް

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:           

 

ވަޒީފާގެ ބާވަތް:

 ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • މުސާރަ 6500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ. 
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ގްރޭޓަރ މާލެ ސަރަހައްދު

ޝަރުޠު                 

  • ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  • މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • މިމަޤާމުގެ މަސްޢޫލިއްޔަތު ބަޔާންކުރާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  ވޯކިން އިންޓަވިއުއަށް  21 ޖެނުއަރީ 2021 ވަނަ ދުވަހު  14:00 އާއި 16:00 ދެ ދެމެދު، ހ.ޒުނޭރިއަރ ބިލޑިންގްގެ    03ވަނަ ފްލޯއަށް އައިޑީ ކާޑު ކޮޕީ، ސެޓްފިކެޓް ކޮޕީތަކާއިއެކު  ވަޑައިގެންދެއްވުން އެދެމެވެ.

ފޯން: 3001100/ 3001120 / 3001149   

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

                            

                            

 

20 ޖެނުއަރީ 2021

20 ޖަނަވަރީ 2021
ހޯދާ