ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ބޭނުންކޮށްފައިހުރި ބައެއް އޮފީސް ފަރުނީޗަރު އަދި އިކުއިޕްމަންޓް ނީލަމުގައި ވިއްކާލުން

`

 

ނަންބަރު:BML/FAIU/2021/001

އިޢުލާން

ބޭނުންކޮށްފައިހުރި ބައެއް އޮފީސް ފަރުނީޗަރު އަދި އިކުއިޕްމަންޓް ނީލަމުގައި ވިއްކާލުން.

މި ބޭންކުގައި ހުރި ބައެއް އޮފީސް ފަރުނީޗަރު އަދި އިކިއުޕްމަންޓް ނީލަމުގައި ވިއްކާލުމަށް ނިންމާފައިވާތީ، މިތަކެތި ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ޖެނުއަރީ 2021 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 އަށް ހ. ސީޓްރެކްސް ބިލްޑިންގގެ 1 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކުގެ އެޑްމިނިސްޓްރޭޝަން ޔުނިޓަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، މި ތަކެތި ގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 24 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ހ. އޯކިޑުމާގެ 14 ބުރި އިމާރާތުގެ ގްރައުންޑް ފްލޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް އެދެމެވެ. އަގު ހުށަހަޅަންވާނި ބަންދު ކުރެވިފައިވާ ސިޓީއަކުންނެވެ. ސިޓީ ކަނޑައި އަގުބެލުން އޮންނާނީ އަގު ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި އަގުތައް ބެލުމަށްފަހު އެންމެމަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް ތަކެތި ވިއްކާލެވޭނެއެވެ.


ނީލަމުގައި އެންމެ މަތީ އަގު ހުށައަޅާފައިވާ ފަރާތަކަށް އެކަން ލިޔުމުން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން 2 (ދޭއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) ނުވަތަ ބޭންކުން ކަނޑައަޅާ އިތުރު މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ތަކެތި ގަތުމަށް ހުށައެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކުން އަންގާ އެކައުންޓަކަށް ޖަމާކޮށް ނިންމަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައިނުވާނަމަ އެހުށައެޅުން ބާޠިލުކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށައެޅި ފަރާތަށް ތަކެތި ވިއްކާލުން ނުވަތަ ނީލަން އަލުން ހުޅުވާލުމުގެ އިޚްތިޔާރު މިބޭންކަށް ލިބިގެންވެއެވެ.


ވަކިފަރާތަކަށް ނީލަން ނިންމުމަށް ބޭންކުން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް ބޭންކުން އެންގުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވެއެވެ.

 

5‏0 ޖުމާދަލްއާޚިރާ‏ 1442
‏19‏ ޖެނުއަރީ 2021
19 ޖަނަވަރީ 2021
ހޯދާ