ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ މަސްޖިދުލް އައްވާބު (ހުކުރު މިސްކިތް) މުންނާރުގެ ގުއްބު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ހޯރަފުށީ މަސްޖިދުލް އައްވާބު (ހުކުރު މިސްކިތް) މުންނާރުގެ ގުއްބު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ.

                ހޯރަފުށީ މަސްޖިދުލް އައްވާބު (ހުކުރު މިސްކިތް) މުންނާރުގެ ގުއްބު އާއި ގުއްބުގެ ފައިކަށި އަމިއްލަ ތަކެތީގައި ހޯރަފުށީ ކައުންސިލުންދޭ ނަމޫނާއާއި އެއްގޮތަށް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

                ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސެޝަނުގައި ރަޖިސްޓްރީވުން

21 ޖަނަވަރީ 2021

ބުރާސްފަތި

11:00

  • ނޯޓް: މަޢުލޫމާތު ސެޝަންގައި ރަޖިސްޓްރީވުމަށް ތިރީގައިވާ މަޢުލޫމާތުތަކާއިއެކު 2021 ޖަނަވަރީ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އީމެއިލް: [email protected] އަށް މެއިލްކޮށް ދެއްވުން އެދެމެވެ.
  • މަޢުލޫމާތު ސާފުކުރާ ކުންފުނި ނުވަތަ ވިޔަފާރީގެ ނަން:
  • މަޢުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތުގެ ފުރިހަމަ ނަމާއި އައި.ޑީ ކާޑު ނަންބަރާއި ދާއިމީ އެޑްރެސް އަދި ފޯން ނަންބަރު.
  • ކުންފުނީގެ ނުވަތަ ވިޔަފާރީގެ އީ-މެއިލް އެޑްރެސް (އޮންލައިންކޮށް ބާއްވާ ސެޝަންގެ ލިންކުވެސް މި އީމެއިލްއަށް ފޮނުވޭނެއެވެ.)

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު ދޫކުރުން

24 ޖަނަވަރީ 2021

އާދިއްތަ

11:00

އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި

26 ޖަނަވަރީ 2021

އަންގާރަ

11:00

މަޢުލޫމާތު ސާފުކުރާ ސެޝަންގައި ބައިވެރިވެވޭނީ ހަމައެކަނި މައުލޫމާތު ސެޝަންގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން މަޢުލޫމާތު ސެޝަންގައި ބައިވެރިވި ފަރާތްތަކަށް އެކަންޏެވެ.                              

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖަނަވަރީ 2021
ހޯދާ