އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :2

އިއުލާން

 

  މި ހޮސްޕިޓަލުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރ މަގާމުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރައްވާނެ ފަރާތްތައް ބޭނުންވެއްޖެއެވެ.

 ބޭނުންވާ އަދަދު: 2 (ދޭއް)

 މަސައްކަތްކުރަންޖެހޭ ވަގުތު: ދުވާލަކު 6 ގަޑިއިރު ހަފްތާއެކު 5 ދުވަހު (ރަސްމީ މަސައްކަތު ގަޑި)

މުސާރަ މަހަކު -/4465 ރުފިޔާ

 

ސަރވިސް އެލަވަންސް މަހަކު -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް މަހަކު: -/700 ރުފިޔާ

 

ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މުއްދަތު:    3 މަސް ދުވަސް

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-ހޮސްޕިޓަލަށް ބޭނުންވާ މަގާމްތަކަށް އިއުލާންކުރުމާއި، އިޢުލާންކުރެވިގެން ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.

2- ހޮސްޕިޓަލުގެ ފަރާތުން ސްޓާފުންނަށްދޭ އިނާޔަތް (ހައުސިންގ ސްކީމް، ހައްޖު އުމުރާ ދަތުރުގައިސްޓާފުންދިއުން ފަދަ)  އިދާރީ އެންމެހައި މަސައްކަތް ކުރުން.

3- އެކި އެކި ކޯސް ތަކުގައިދާ ފަރާތްތަކަށް ލިބެންޖެހޭ ފައިސާ އަދި އެލަވަންސްގެ އެންމެހައި މަސައްކަތް ކުރުން.

4- ހޮސްޕިޓަލްެގެ އިދާރާގެ އޮނިގަނޑުގައި ހިމެނޭމަގާމުތަކުގެ ވަޒީފާ ބަޔާންތައް އެކުލަވާލުމާއި އިސްލާހު ކުރުމުގެ މަސައްކަތްކުރުން.

5- ހޮސްޕިޓަލްގެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ އެންމެހައި މަސައްކަތްތައް ގަވައިދާއި އެއްގޮތަށް ކުރުުން.

6.ވޮލަންޓަރީ އަދި ކޮންޓެރެކްޓްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ރެޖިސްޓްރީ ބެލެހެއްޓުމާއި، މިކަމާއިގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

7-ބިދޭސީ މުވައްޒަފުންގެ ވިސާއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

8-މުވައްޒަފުންގެ ހާޟިރީއާއި ގުޅޭ އެންމެހައި މަސައްކަތް ކުރުން.

9-ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީގެ ޔައުމިއްޔާލިޔެ ފައިލްކުރަންޖެހޭ ލިޔުންތައް ފައިލްކޮށްބެލެހެއްޓުން.

10-ވަޒީފާ ދެއްވާ، ބަދަލުކުރާ އަދި ވަކިވާ މުވައްޒަފުންގެ މައުލޫމާތު ސެޕް ސިސްޓަމް މެދުވެރިކޮށް ބެލެހެއްޓުން.

 

މަޤާމުގެ ޝަރުތުތައް:

 

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 ވީމާ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު  ސިޓީއަކުން 25 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ 13:30 [email protected]   އަށެވެ.

  1. މަގާމަށް އެދި ހުށަހުއްވާ ސިޓީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. (އެޓެސްޓްކޮށްފައިވާ)
  3. ޕާސްޕޯޓް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)
  4. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ)
  5. ޕޮލިސް ރިޕޯރޓް (3 މަސް ހަމަނުވާ)
  6. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ. (އެޓެސްޓްކޮށްފައިވާ)
  7. މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (އެޓެސްޓްކޮށްފައިވާ)

ނޯޓް: ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ

ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. މިނޫން ގޮތަށް ހުަށަހަޅާ ސިޓީތަކާއި ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

6 ޖުމާދަލްއާޚިރާ 1442

19 ޖެނުއަރީ 2021

 

19 ޖަނަވަރީ 2021
ހޯދާ