މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ނ. ފޮއްދޫގައި ގައި އާރް.އޯ އެޑްމިން ބިލްޑިންގ، ޕާކިންގ ޝެޑް އަދި ބައުންޑްރީ ވޯލް ކޮންސްޓްރަކްޓް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، ނ. ފޮއްދޫގައި އާރް.އޯ އެޑްމިން ބިލްޑިންގ، ޕާކިންގ ޝެޑް އަދި ބައުންޑްރީ ވޯލް ކޮންސްޓްރަކްޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުން.
  • މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓްރީވެފައިވާ ފަރާތަކަށްވުން އަދި މުއްދަތު ހަމަނުވާ ނެޝަނަލް ކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަން އޮންނަ ފަރާތަކަށްވުން.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ފައިސާދެއްކުމަށް ބެންކު ޓްރާންސްފަރ ފޯރމް ފުރިހަމަ ކުރެއްވުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވޭނެއެވެ. https://banktransfers.mwsc.com.mv ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 19 ޖަނަވަރީ 2021 އިން 24 ޖަނަވަރީ 2021 އަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 25 ޖަނަވަރީ 2021 ގެ ހެނދުނު 10:00 އިން މެންދުރު ފަހު 04:00 އަށް ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.                          

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޖަނަވަރީ 2021 ވާ ދުވަހު 10:30 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 31 ޖަނަވަރީ 2021 ވާ ދުވަހު 10:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/10،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ ބިޑް އެވޯރޑްކުރެވޭތާ 14 ދުވަސްތެރޭގައި ހުށައަޅަންވާނެއެވެ.

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

18 ޖަނަވަރީ 2021
ހޯދާ