އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ މަތިންދާބޯޓު ދަތުރުތަކުގައި ޕަސެންޖަރުން ބުއިމަށް ބޭނުންކުރާ ޖޫސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކުންފުނީގެ މަތިންދާބޯޓު ދަތުރުތަކުގައި ޕަސެންޖަރުން ބުއިމަށް ބޭނުންކުރާ ޖޫސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން  26 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން 14 ފެބުރުވަރީ 2021  ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިއޮފީހުގައި އޮންނާނެއެވެ.

 އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

18 ޖަނަވަރީ 2021
ހޯދާ