ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި ސަރުކާރުން އިމާރާތްކޮށްފައިވާ 52 ހައުސިންގ ޔުނިޓް

     

        މިރަށުގައި ސަރުކާރުން އިމާރާތްކޮށްފައިވާ 52 ހައުސިންގ ޔުނިޓްގެ ތެރެއިން މިހާރު ހަވާލުނުކުރެވި ހުރި 2 ހައުސިންގ ޔުނިޓަށް ކުރިމަތި ލުމުގެ ފުރުޞަތު ރަށުގައި ދިރިއުޅޭ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ.

        ވީމާ، މިދެންނެވި 2 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފޯމު ދޫކުރުން މިއަދު 19 ޖެނުއަރީ 2021 ން 28 ޖެނުއަރީ 2021 ވަނަ ދުވަހާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ފޯމް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 2021 ޖެނުއަރީ 28 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ފޯމް ހުށަހަޅާ އިރު ފޯމާއެކު ހުށަހަޅަށްޖެހޭ ލިޔުންތައް ފުރިހަމަ ނުވާ ފޯމްތައް ބަލައި ނުގަނެވޭނެ ކަމުގައި ވެސް މިފުރުޞަތުގައި އާއްމުކޮށް އަންގައި އިޢުލާނު ކުރަމެވެ.  

 

        05 ޖުމާދަލްއާޚިރާ 1442 

        18 ޖެނުއަރީ   2021    

18 ޖަނަވަރީ 2021
ހޯދާ