ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.އަތޮޅު ކައުންސިލްގައި ބޭނުންކުރި އައުޓްބޯޑު އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން

ހދ. އަތޮޅު ކައުންސިލްގައި ބޭނުންކުރި އައުޓްބޯޑު އިންޖީނު (ޔަމަހާ 2 ސްޓްރޯކް 200 ހޯސްޕަވަރ) ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއްޖެއެވެ.  

  1. އިންޖީނު ނީލަން ފެށޭ އަގަކީ -/5000ރ (ފަސް ހާސް ރުފިޔާ) އެވެ.
  2. މިނީލަމުގައި އެންމެކުޑަކޮށް އިތުރުކުރެވޭނެ ޢަދަދަކީ ފަހަރަކު -/2000ރ (ދެ ހާސް ރުފިޔާ) އެވެ.

ވީމާ، މިއިންޖިނު ގަންނަން ބޭނުންވާ ފަރާތްތަކުން "ސިޓީން އަގުހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިނީލަމުގައި ބައިވެރިވުމަށް "ސިޓީން އަގުހުށަހަޅާ ފޯމް" ހުށަހަޅުއްވާނީ 2021 ޖަނަވަރީ 18 ވަނަ ދުވަހުގެ 12:00 ން ފެށިގެންނެވެ. މިފޯމު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. މިކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 12:00 ގައި މިއޮފީހުގެ ނޯޓިސް ބޯޑާއި އަދި މިކައުންސިލްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. "ސިޓީން އަގުހުށަހަޅާ ފޯމް" މިއިދާރާގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބެންހުންނާނެއެވެ. މިނީލަމުގައި ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަންނިމޭތާ ލަސްވެގެން 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ. އިންޖީނު ދޫކުރެވޭނީ ފައިސާ ދައްކާ ނިމުމުންނެވެ.   

އިންޖީނު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އާއި 12:00 އާ ދެމެދު ނޮދަން އޮފީސް ކޮމްޕްލެކްސްއަށް ވަޑައިގަތުމުން އިންޖީނު ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާނޭ ކަމުގައިވެސް ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6528801 ނަންބަރާއިއެވެ.

18 ޖަނަވަރީ 2021
ހޯދާ