ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކުމަށް.

 

                                                                          ނަންބަރު: IUL)196-C/1/2021/04) 

 

 

                                    އިޢުލާން

 

 މި އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކުމަށް.

މި އޮފީހުގައި ހުރި ބައުވެ ހަލާކުފައިވާ ހަރުމުދާތަކެއް، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލުގެ ދަށުން ވިއްކާލުމަށް ހުޅުވާލުމެވެ. މި ތަކެތީގެ ނީލަން ފެށޭ އަގާއި އިތުރު ތަފްސީލް މި އިއުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ވީމާ، މިދެންނެވި ތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއޮފީހަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ. ނީލަން ކިޔުމަށް ހަމެޖިފައިވަނީ "ދުވަހު ނީލަމުގެ" ގޮތް ކަމުގައި ދެންނެވީމެވެ. އަދި މިތަކެތި ނީލަން ނިމޭތާ ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނޭކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ކާމިޔާބު ކުރެއްވުމަށްފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނޭ ކަމުގައި ދެންނެވީމެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އަމިއްލަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3023157 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

                                                       

                            05  ޖުމާދަލްއާޚިރާ 1442

18 ޖަނަވަރީ 2021
ހޯދާ