މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްގޭސް ތިލަފުށީގޭސް ޕްލާންޓް ހުންނަ ސަރަހައްދުގައި އެކޮމަޑޭޝަން ބިލްޑިންގއެއް އިމާރާތްކޮށްދޭނެ ފަރާތެއްހޯދުން

އިޢުލާން

ކ.ތިލަފުށީގައި ހުންނަ މޯލްޑިވް ގޭސް ޕވޓ ލޓޑ ގެ ގޭސް ޕްލާންޓް ހިމެނޭ ސަރަހައްދުގައި ކުންފުނިން ދޭ ކުރެހުމާއި އެއްގޮތަށް އެކޮމަޑޭޝަން ބިލްޑިނަގްއެއް އިމާރާތްކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ. 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން   މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

25 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ 13:30 އަށް   (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 04 ވަނަ ފަންގިފިލާ)

އަންދާސީ ހިސާބު ހުށަހެޅުމަށް

31 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:30އަށް (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 04 ވަނަ ފަންގިފިލާ)

 

ނޯޓް:

  • އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
  • މި އިޢުލާނާއިއެކު ޓާރމްސް އޮފް ރެފަރެންސް އެޓޭޗްކޮށްފައިވާނެއެވެ.

 

18 ޖެނުއަރީ 2021،

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

18 ޖަނަވަރީ 2021
ހޯދާ