ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
އެޗް.ޑީ.އެފް.ސީއަށް އޮފީސް އެޓެންޑެންޓެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

އެޗް.ޑީ.އެފް.ސީއަށް އޮފީސް އެޓެންޑެންޓެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު 

 ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތު

  • އޮފީހުގެ ކެއުމާއި ސައި ހަމަޖައްސާފައިވާ ތަނުގެ ސާފުތާހިރުކަން ޝެޑިއުލާއި އެއްގޮތަށް ބެލެހެއްޓުން.
  • އޮފީހުގެ ބައްދަލުވުންތަކަށާއި މުވައްޒަފުންގެ ނާސްތާއަށް ބޭނުންވާ ތަކެތި ގަނެދިނުމާއި ކެއުމާއި ސައި ތައްޔާރުކޮށްދިނުން.
  • އޮފީހުގެ ސައިކޮޓަރިއަށާއި މީޓިންގ ރޫމަށް ބޭނުންވާ ތަކެތި (ސައި، ކޮފީ، ހަކުރު، ކިރު) ސްޓޮކްކޮށް ބެލެހެއްޓުން.
  • އޮފީހުން އަންގާ މިނޫންވެސް މަސައްކަތްތަކަށް އެއްބާރުލުންދިނުމާއި ފަރުވާތެރިކާމާއިއެކު މަސައްކަތްކުރުން.

 މަސައްކަތުގެ މުއްދަތު:

  • މިމަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 12 މަސްދުވަހަށެވެ.

 އަންދާސީ ހިސާބު ހުށަހަޅުއްވާއިރު އަގާއި އެކު ހުށަހަޅަންޖެހޭ ތަކެތި

  • ކުންފުނީގެ ރަޖިސްޓްރީ ކޮޕީ
  • މިހާތަނަށް މިފަދަ ޚިދުމަތް ފޯރުކޮށްދީފައި އަދި ދެމުން ގެންދާ ތަންތަނުގެ ލިސްޓެއް
  • ޚިދުމަތް ފޯރުކޮށްދެމުން އަންނަ ތަންތަނުން ދޫކޮށްފައިވާ ރިފަރަންސް ސިޓީތައް
  • ތަނުގެ މުވައްޒިފުންގެ އަދަދު
  • މިފަދަ މަސައްކަތުގެ ތަޖުރިބާ ތަނުގައި ތިބި މުވައްޒިފުންނަށް ލިބިފައިވާ މިންވަރު އަންގައިދެވޭނެ ލިޔުމެއް

 އެވޯޑްކުރުމުގައި ބަލާނެ ކަންތައްތައް

  • މިފަދަ މަސައްކަތް ކުރުމަށް ކުންފުންޏަށް ނުވަތަ އެފަރާތަކަށް ލިބިފައިވާ ތަޖުރިބާ – 20 މާރކްސް
  • ހުށަހަޅާ އަގު – 80 މާރކްސް

 އަންދާސީ ހިސާބު ހުށަހަޅުއްވާ ސިޓީއުރަ އެޑްރެސްކުރެވިފައި ހުންނަންވާނެ ގޮތް

  • ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި "އެޗް.ޑީ.އެފް.ސީގެ އޮފީސް އެޓެންޑެންޓެއްގެ މަޤާމަށް" މިހެން ލިޔެފައި އޮންނަން ވާނެއެވެ.
  • އަދި ސިޓީ އުރައިގެ ބޭރު އެޑްރެސް ކުރައްވާނީ:

         އެސިސްޓަންޓް ޖެނެރަލް މެނޭޖަރ -  އެޑްމިންސްޓްރޭޝަން އަށް

         ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ

 

މަޢޫލޫމާތު ސާފުކުރުމަށް: 3000110

18 ޖަނަވަރީ 2021
ހޯދާ