މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ބްރޯކަރުން އައްޔަންވުމަށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމާބެހޭ:

އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިއަރކުރުމުގައި ޙަރަކާތްތެރިވާ ކަސްޓަމްސް ބްރޯކަރުން އައްޔަން ކުރުމުގެ މަސައްކަތް ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުރެވޭގޮތަށް މިހާރު ހަމަޖެހިފައިވާތީ، 01 ފެބުރުއަރީ 2021 އިން ފެށިގެން ބްރޯކަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށްދާނީ އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ކަމުގައި ދެންނެވީމެވެ. އަދި މިއަދުން ފެށިގެން 31 ޖެނުއަރީ 2021 އާ ހަމައަށް މިނިޒާމުގެ ޓެސްޓިންގ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، މި މުއްދަތުގައިވެސް މަތީގައި ދެންނެވިފައިވާ ފަދައިން ޕޯޓަލް މެދުވެރިކޮށް ބްރޯކަރުން އައްޔަން ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މި ގޮތުން ބްރޯކަރުން އައްޔަން ކުރުމުގައި ޢަމަލު ކުރާނެގޮތް ތިރީގައި އެވަނީއެވެ.

1- ކަސްޓަމްސް ބްރޯކަރުން އައްޔަންވުމަށް ހުށަހަޅާނީ، ކަސްޓަމްސް ބްރޯކަރުން އައްޔަން ކުރުމާއި ވަކިކުރުމާބެހޭ އުޞޫލުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު "ކަސްޓަމްސް ބްރޯކަރުން އައްޔަންކުރުމަށް އެދޭ ފޯމް" (ފޯމް ނަންބަރު: MCS-102) ފުރިހަމަ ކުރުމަށްފަހު ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށެވެ.

2- ކަސްޓަމްސް ބްރޯކަރުން އައްޔަންވުމަށް ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން، އެ ހުށަހެޅުން ކަސްޓަމްސް އިން ޗެކްކުރުމަށްފަހު އެޕްރޫވް ކުރުމުން، އެކަން ޕޯޓަލްގައި ރެކޯޑް ކުރެވިގެންދާނެއެވެ. ބްރޯކަރު އައްޔަންވުމަށް ހުށަހެޅި ރިކުއެސްޓް އެޕްރޫވްވިކަން ނުވަތަ ނޫންކަން ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް، ބްރޯކަރަށް ނުވަތަ އިމްޕޯޓަރ / އެކްސްޕޯޓަރއަށް ޗެކްކުރެވޭނެއެވެ.

3- ބްރޯކަރުން އައްޔަންވުމަށް ހުށަހަޅާ ރިކްއެސްޓް އެޕްރޫވްކުރެވޭނީ "ކަސްޓަމްސް ބްރޯކަރުން އައްޔަންކުރުމާއި ވަކިކުރުން" (އުޞޫލު ނަންބަރު: 2014/U-002(2)) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވާނަމައެވެ.

4- އޮންލައިންކޮށް ބްރޯކަރުން އައްޔަން ކުރެވޭ ގޮތަށް ހަމަޖެހުނު ނަމަވެސް، އައްޔަން ކޮށްފައިވާ ބްރޯކަރެއް ވަކިކުރެވޭނީ "ކަސްޓަމްސް ބްރޯކަރުން އައްޔަން ކުރުމާއި ވަކިކުރުން" (އުޞޫލު ނަންބަރު: 2014/U-002(2)) ގެ 6 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، ލިޔުމުން އެކަން ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ.

      ވީމާ، 01 ފެބުރުއަރީ 2021 އިން ފެށިގެން ކަސްޓަމްސް ބްރޯކަރުން އައްޔަން ކުރުމުގެ ކަންކަން މަތީގައި ދެންނެވިފައިވާ ގޮތުގެމަތީން ކުރިއަށް ގެންދާނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޖަނަވަރީ 2021
ހޯދާ