ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޖެނެރޭޓަރ ސިންކްރޮނައިޒިންގ ޕެނަލް ބޯޑެއް ގަތުމާއި ގުޅޭ:

އިޢުލާން ނަންބަރު: FNK-I/IUL/2021/030

އިޢުލާން

 ޖެނެރޭޓަރ ސިންކްރޮނައިޒިންގ ޕެނަލް ބޯޑެއް ގަތުމާއި ގުޅޭ:

މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޖެނެރޭޓަރ ކޮންޓްރޯލް ސިންކްރޮނައިޒިންގ ޕެނަލްބޯޑެއް ގަތުމަށް  ކުރެވުނު އިޢުލާނަށް ފުރިހަމަ ތަރުޙީބު ނުލިބުމުގެ ސަބަބުން އަލުން އެފުރުސަތު ހުޅުވާލީމެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ހާސް 5,000.00)  USD) އެމެރިކާ ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ، ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.

-          އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ (ނުވަތަ)

-          ބެންކް ގެރެންޓެޑް އަދި ސްޓޭމްޕް ޖަހާފައިވާ ޗެކެއް (ނުވަތަ)

-          މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.

ބިޑް ސެކިއުރިޓީ ހުށަހަޅަންވާނީ އަންދާސީ ހިސާބު ހުށަހަޅާ ކުންފުނީގެ ނަމުގައަވެ. ބިޑް ސެކިއުރިޓީ  ބާޠިލްވާ މުއްދަތު، އަންދާސީ      ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާތިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

18 އިން 20 ޖެނުއަރީ 2021

09:00 އިން 14:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

25 ޖެނުއަރީ 2021

14:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

27 ޖެނުއަރީ 2021

13:00 މެންދުރު

 

 

 

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. 

ނޯޓް: މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް  މި އިއުލާނާއެކު ގެޒެޓް ކުރެވިފައިވާނެ އެވެ. އަދި ދަންނަވަމެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

17 ޖަނަވަރީ 2021
ހޯދާ