ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ ހުޅަނގު އުތުރުފަރާތު (ދަރެމައްކޮޑާ ސަރަޙައްދު) ގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއިގުޅޭ؛

ގދ.ހޯނޑެއްދޫ ހުޅަނގު އުތުރު ފަރާތު (ދަރެމައްކޮޑާ) ގައި ހުރި  ރުއްގަހުގެ ތެރެއިން ލޮނުގެ އަސަރުކޮށްގެން މަރުވެފައިވާ ބައެއް ރުއްތައް އެސަރަޙައްދުން ކެނޑުމަށް ބޭނުންވާތީ، މިކައުންސިލުން 1 އިން 25 އަށް (ފެހިކުލައިން) ނަންބަރ ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، އެސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުއްގަސްތައް އެނގޭނެހެން އެރުއްތަކުގެ ޢަދަދު، ރުއްތަކުގައި ޖަހާފައިވާ ނަންބަރާއެކު ބަޔާންކޮށް 2021 ޖަނަވަރީ 24 ވަނަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު އެސަރަޙައްދުގެ ޗާޓެއް މަޢުލޫމާތަށްޓަކައި ޢާންމު ކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

14 ޖަނަވަރީ 2021
ހޯދާ