މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 45.11 ރަޖިސްޓްރީ ކުރުމާއިބެހޭ

                         އިޢުލާން                                                      

                        ރ.ދުވާފަރު 45.11 ނަމްބަރުގޭ ރ. ކަނދޮޅުދޫ އަހިމާގެ އަލްފާޟިލާ ޢާއިޝަތު ޞާލިޙްގެ ނަމުގައި ރަޖިސްޓްރީކޮއް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ   އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވެން އެދެމެއެވެ. 

                        މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 45.11 ނަމްބަރުގޭ ރ. ކަނދޮޅުދޫ އަހިމާގެ އަލްފާޟިލާ ޢާއިޝަތު ޞާލިޙްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

                                 04 ޖުމާދަލްއާޚިރާ 1442 

                                 17 ޖަނަވަރީ 2021

 

17 ޖަނަވަރީ 2021
ހޯދާ