ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިއުނިޓީ ސުޕަރވައިޒަރ

މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމު

ކޮމިއުނިޓީ ސުޕަރވައިޒަރ

މަޤާމުގެ ނަންބަރު:

HCS024, HCS025

ބޭނުންވާ ޢަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (31 ޑިސެމްބަރ 2021 ގެ ނިޔަލަށް)

މަޤާމުގެ ރޭންކް:

އެސް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާ / ހއ. ހޯރަފުށި

 މުނިސިޕަލް ސަރވިސް ޔުނިޓް

މުސާރާއި އެލަވަންސް:

އަސާސީ މުސާރަ: -/ 3,565(ތިންހާސް ފަސްސަތޭކަ ފަސްދޮޅަސްފަސް ރުފިޔާ) (މަހަކު)

ސަރވިސް އެލަވަންސް: -/1,500 (ފަނަރަ ސަތޭކަ) ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ވަޒީފާއާއި ބެހޭ ޤާނޫނާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  3. މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައަޅާ ގޮތެއްގެ މަތިން ރަމަޟާން އެލަވަންސް ދެވޭނެއެވެ.

މުސަރާއި އެލަވަންސް އިން އުނިކުރެވޭ ގޮތް:

  • މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 175.53 (ސަތޭކަ ހަތްދިހަފަސް ރުފިޔާ / ފަންސާސްތިން ލާރި) އުނިކުރެވޭނެއެވެ.
  • ޕެންޝަން ފައިސާގެ ގޮތުގައި ކޮންމެ މަހަކު އަސާސީ މުސާރައިގެ %7 ފައިސާ އުނިކުރެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު:

  • ކައުންސިލުން އަންގާ ގޮތެންގެ މަތިން ކޮންމެ ހަފްތާއަކު 06 ދުވަހު، ޑިއުޓީ އުޞޫލުން (ދުވާލަކު 6 ގަޑިއިރު)

(ނޯޓް: މި ގަޑިއަށް ސަރުކާރުން ބަދަލެއް ގެނެސްފިނަމަ އެ ގަޑިއާއި ވަގުތައް ބަދަލުވާނެއެވެ.)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށުގެ އިޖްތިމާޢީ ސަރަޙައްދުތަކާއި ރަށުގެ ކުނި ކޮށީގެ މަސައްކަތް ކުރުމަށް ނަގާފައިވާ މުވައްޒަފުންގެ މަސައްކަތްތައް ޤަވާޢިދުން ސްޕަވައިޒްކޮށް ކައުންސިލުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މަސައްކަތް ކުރުވުން.
  2. ރަށު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ގޭގޭގައި އުފެދޭ ކުނި ވެހިކަލްގައި ކުނި ކޮށްޓަށް ގެންދިއުން.
  3. ރަށުގެ ކުނި ނެގުމަށް ކަނޑައަޅާފައިވާ ވެހިކަލްގެ ޑްރައިވަރެއްގެ ހައިޞިއްޔަތުން ވެހިކަލް ދުއްވުމާއި، ވެހިކަލް ދޮވެ  ސާފުކޮށް ބެލެހެއްޓުން.
  4. ކުނި ގޭގެއިން ނަގާއިރު ކުނި ވަކިކޮށްފައި ހުރިތޯ ކަށަވަރު ކުރުން (ފަތްކުނި، ދަނގަނޑު، ޕްލާސްޓިކް، ބިއްލޫރި ފަދަ ކުނި)
  5. ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުން އަމިއްލަ  ރައްކާތެރި ކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވޭތޯ ކަށަވަރު ކުރުން.
  6. ކުނި ކޮށީގައި ކުނި ބެހެއްޓުމަށް އިންތިޒާމްތައް ހަމަޖައްސާ، މުވައްޒަފުން ލައްވާ އެ އިންތިޒާމްތައް ދެމެހެއްޓުން.
  7. ކުނި އަންދާއިރު ވައި ހުރި ގޮތަށް ބަލާ (ރަށު ތެރެއަށް ދުން ނުދާނެގޮތަށް) އަލިފާން ރޯކުރުން.
  8. ކުނި އެންދުމަށް އަލިފާން ޖަހާފައިވަނިކޮށް ވައި ބަދަލުވެ ރަށުތެރެއަށް ދުން ދާނަމަ މުވައްޒަފުންގެ އެހީތެރިކަމާއިއެކު، އަލިފާންގަނޑު ނިންވާލުން.
  9. ކުނި ކޮށީގައި ބޭނުންކުރުމަށް ދޫކޮށްފައިވާ ތަކެތި ޤަވާޢިދުން ބެލެހެއްޓުން، އަދި ތަކެއްޗަށް ލިބޭ ގެއްލުމުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާ ކުރުން.
  10. އިޖުތިމާޢީ ގޮތުން ކުރާ މަސައްކަތްތަކުގައި ޙަރަކާތްތެރިވުން.
  11. ޚާއްސަ މުނާސަބާތްތަކާއި، މުބާރަތްތަކާއި، އެހެނިހެން ޙަރަކާތްތަކުގައިފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން.

(މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް ކަމުގައި ބަލާނީ ދައްވެގެން ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސެއް އޮތް ފަރާތަކަށެވެ.)

އެހެނިހެން ޝަރުތުތައް:

v     ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަދި ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.

v     ފުލްޓައިމް ވަޒީފާއަދާކުރާ ފަރާތެއްކަމުގައި ނުވުން.

v     ފުލްޓައިމް ދަރިވަރަކަށް ނުވުން.

v     އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

v     މިލާދީގޮތުން އުމުރުން 55 އަހަރު ވެފައިވާ މީހަކަށް ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސްޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
  6. ޕޮލިސް ރިޕޯޓް (ދޫކުރިތާ 03 މަސް ހަމަނުވާ) – ޕޮލިސް ރިޕޯޓް ހަމައެކަނި ހުށަހަޅަންޖެހޭނީ ވަޒީފާއަށް ހޮވޭ ފަރާތުން ވަޒީފާއަށް އައްޔަނުކުރާ ތާރީޚުން ފެށިގެން 1 (އެކެއް) މަސް ދުވަހު ތެރޭގައެވެ.

ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

25

10

15

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

35

35

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

50

50

ޖުމްލަ

185

100

100

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %30 (ތިރީސް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖަނަވަރީ 26 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ޖަނަވަރީ27 އާއި
2021 ޖަނަވަރީ 30 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޟީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މި އިދާރާގެ ނަންބަރު  6500012 ނުވަތަ 6500030 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ޖަނަވަރީ 2021
ހޯދާ