ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އޮޑިޓް ކުރާނެ ފަރާތެއް ހޯދުމަށް

2017 އިން 2020 ވަނަ އަހަރާއި ހަމައަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އެކްސްޓަރނަލް އަދި އިންޓަރނަލް އޮޑިޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އަށް 24 ޖެނުއަރީ 2021 ގެ 15:00 އަށް ހާޒިރުވެ، 31 ޖެނުއަރީ 2021 ގެ 15:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގުހުށައެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މިމަސައްކަތް ކުރުމަށް ޕްރޮޕޯޒަލް ހުށައަޅާ ފަރާތްތަކަކީ  އޮޑިޓަރ ޖެނަރަލްސްގެ އޮފީހުން ހުއްދަ ދީފައިވާ އޮޑިޓް ފާމަކަށް ވާންޖެހޭނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

އީމެއިލް: [email protected]

 

17 ޖަނަވަރީ 2021
ހޯދާ