ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ކާނިވަލް 2021

ކްރިކެޓް ބޯރޑުން އިންތިޒާމްކޮށްގެން ބާއްވާ ކްރިކެޓް ކާނިވަލް 2021، ރަމަޝާން މަހުގެ ދެވަނަ ދުވަހު ފަށާގޮތަށްވަނީ ތާވަލް ކުރެވިފައެވެ. މި ބޯޑާއި މާލެ ސްޕޯޓްސް ކްލަބް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިމިވާ ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޙަކީ 15 ފެބްރުއަރީ 2021 އެވެ.

އެހެން އަހަރު ތަކެކޭވެސް  އެއްގޮތަށް މިއަހަރުގެ ކާނިވަލުގައިވެސް ތިން މުބާރާތް ކުރިއަށްދާނެއެވެ. 

  • އޮފީސް ޓޭޕް ބޯލް މުބާރާތުގައި ބައިވެރިވެވޭނީ 8 ޓީމްއެވެ. ބައިވެރިވުމުގެ ފީ 1500.00 ރުފިޔާ    
  • އޯޕަން ޓޭޕް ބޯލް މުބާރާތުގައި ބައިވެވެވޭނީ 12 ޓީމްއެވެ. ބައިވެރިވުމުގެ ފީ 1000.00 ރުފިޔާ     
  • ކޮމްޕެނީ ޓޭޕް ބޯލް މުބާރާތުގައި ބައިވެރިވެވޭނީ 16 ޓީމްއަށެވެ. ބައިވެރިވުމުގެ ފީ 5000.00 ރުފިޔާ 

މުބާރާތުގައި ބައިވެރިވެވޭނީ ފީ ދައްކާ ތަރުތީބުން، ހަމަޖެހިފައިވާ އަދަދު ފުރިހަމަވަންދެނެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް  10 ޓީޝާޓާއި، ޓްރެކްޕޭންޓް ދެވޭނެއެވެ.  

ކޮންމެ މުބާރާތެއްގެ އެންމެ ގިނަ ލަނޑު ހަދާ ފަރާތެއް، އެންމެ ގިނަ ވިކެޓް ނަގާ ފަރާތެއް، ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ތިންޓީމަށް އިނާމް ފައިސާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

17 ޖަނަވަރީ 2021
ހޯދާ