ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގައި ހުރި ބައެއް ތަކެތި ނީލަންކިޔުން

 މިއިދާރާއިން ބާވެގެންނާއި، ހަލާކުވެގެން ނަގާފައިވާ ބައެއްތަކެތީގެ ނީލަންކިޔުން 2021 ޖަނަވަރީ 23 ވާ ހޮނިހިރު ދުވަހު ވެޔޮދޮށު މައިޒާނުގައި އޮންނާނެއެވެ. މިނީލަމުގައި ހިމެނޭ ތަކެތީގެ ލިސްޓާއި، އެތަކެތީގެ ނީލަން ފެށުމަށް ހަމަޖައްސާފައިވާ އަގު އެގޭނޭ ލިސްޓް މިއިޢުލާނާއެކު ބެހެއްޓިފައިވާނެއެވެ.

         ވީމާ، މިނީލަމުގައި ބައިވެރިވެޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2021 ޖަނަވަރީ 23 ވާ ހޮނިހިރު ދުވަހުގެ 14:00 އަށް ވެޔޮދޮށު މައިޒާނަށް ވަޑައިގެން ދެއްވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 2021 ޖަނަވަރީ 27 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފައިސާ ދައްކަވައި ތަކެތި ގެންދަންވާނެއެވެ. މިމުއްދަތުގައި ފައިސާ ދައްކައި ތަކެތި ނުގެންދާ ފަރާތްތަކުގެ ނީލަން ބާޠިލްކޮށް އަލުން ނީލަންކިޔޭނެއެވެ. ނުވަތަ ނައްތައިލެވޭނެއެވެ. 

                    

1 ޖުމާދަލްއާޚިރު 1442

14 ޖަނަވަރީ 2021

14 ޖަނަވަރީ 2021
ހޯދާ