އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމް

އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމް

 

 

އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމްގެ 20 ފުރުސަތު

                މެޑިކަލް އިންޓާރންޝިޕް ހެދުމުގެ ފުރުސަތު 11 ޖަނަވަރީ 2018 އިން ފެށިގެން އައި.ޖީ.އެމް.އެޗް ގައި ވަނީ ރަސްމީކޮށް ފެށިފައެވެ. މިގޮތުން މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ ފަސްވަނަ އިންޓޭކް (17 މާރިޗު 2021) ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 17 ޖެނުއަރީ 2021 އިން ފެށިގެން 28 ފެބްރުއަރީ   2021ވަނަ ދުވަހުގެ 23:59 ނިޔަލަށް ހުޅުވާލެވިގެން ދާނެއެވެ. އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ 20 ފަރާތަކަށެވެ.

އިންޓާރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު:

  1. މެޑިކަލް ކޮލެޖް/ޔުނިވާރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން

ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މެޑިކަލް ކޮލެޖް/ޔުނިވާރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓެޑް ކޮޕީ
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދީފައިވާ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ގެ އެޓެސްޓެޑް ކޮޕީ
  3. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑު / ޕާސް ޕޯޓް ކޮޕީ.
  4. ޕޮލިސް ކްލިއަރެންސް ކޮޕީ
  5. 1 ޕާސްޕޯޓް ސައިޒް ފޮޓޯ

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްއަށް ހޮވިވަޑައިގަންނަވާ ކެންޑިޑޭޓުން، މަތީގައި މި ދެންނެވުނު ސްޓްފިކެޓްތަކުގެ އޮރިޖިނަލް އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ގެންނެވުން އެދެމެވެ.

އިންޓާރންޝިޕްއަށް އެދި ހުށަހަޅާ ފޯމް:

މެޑިކަލް އިންޓަރންޝިޕަށް އެދިލައްވާ ފަރާތްތަކަށް   igmh.gov.mvއިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހަމަ އެހެންމެ  [email protected] އަށް މެއިލް ކުރެއްވުމުން އެޕްލިކޭޝަން ފޯމް މެއިލް ކުރެވޭނެއެވެ.  އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އަށް މެޑިކަލް އިންޓަރންޝިޕް އޮފީހުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ.

މެޑިކަލް އިންޓާރންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް މަތީގައި ދެންނެވުނު ހުރިހާ ލިޔެކިޔުންތަކާއި އެކު ހުށަހަޅާނީ އައި ޖީ އެމް އެޗް  މެޑިކަލް އިންޓަރންޝިޕް ސެކްރެޓޭރިއެޓް އޮފީހުގެ މެއިލް [email protected] އަށެވެ. އިންޓާންޝިޕްއަށް ކުދިން ހޮވުމުގައި އިސްކަން ދެވޭނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335191 ފޯން ނަންބަރަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                            17 ޖެނުއަރީ 2021

17 ޖަނަވަރީ 2021
ހޯދާ