ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސީނިއަރ މެކޭނިކް)

މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

ސީނިއަރ މެކޭނިކް

ބޭނުންވާ ޢަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް- 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު)

ކްލެސިފިކޭޝަން / ރޭންކް:

ސީނިއަރ އޮފިސަރ – ގްރޭޑް 1

މުސާރަ:

މަހަކު 7000.00ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 2800.00ރުފިޔާ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް.

ފެންވަރު ނުވަތަ ޝަރުތު:

- އިންޖީން ރިޕެއަރ އަދި މެއިންޓެންނަންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 04 ގެ ސެޓްފިކެޓްއެއް ހާސިލްކޮށފައިވުމާއެކު މަސައްކަތުގެ ދާއިރާއިން 02 އަހަރު ދުވަހުގެ ތަޖޖުރިބާ ލިބިފައިވުން.

- އިންޖީން ރިޕެއަރ އަދި މެއިންޓެންނަންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 03 ގެ ސެޓްފިކެޓްއެއް ހާސިލްކޮށފައިވުމާއެކު މަސައްކަތުގެ ދާއިރާއިން 04 އަހަރު ދުވަހުގެ ތަޖޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަންގައި ބޭނުންކުރާ އެކި މެޝިނަރީތައް މަރާމާތުކޮށް ބެލެހެއްޓުން

- ކޯޕަރޭޝަންގައި ގެންގުޅޭ އިކުއިޕްމަންޓްތަކާއި މެޝިންތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުން.

- ކޯޕަރޭޝަންގެ އެކި ސައިޓުތަކުގައި ހުރި މެޝިނަރީއާއި ވެހިކަލްތަކަށް ދިމާވާ މައްސަލަތައް އެސައިޓަކުން ހައްލު ނުކުރެވޭ ހާލަތެއްގައި އެސައިޓުތަކަށް ގޮސް ހައްލުކުރުން.

- ވޯކްޝޮޕްގައި ހައްލު ނުކުރެވޭ މައްސަލަތައް ގަރާޖް/ ވޯކްޝޮޕ ފަދަ ތަންތަނަށް ގެންގޮސްގެން ދިމާވާ މައްސަލަތައް ހައްލުކުރުން.

- އުޅަނދުފަހަރުގެ އިންޖީން، ޖަނަރޭޓަރ އަދި އުޅަނދުގައިވާ ސިސްޓަމްތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ސްޕެއަރތައް އައިޑެންޓިފައި ކުރުމަށްފަހު އެތަކެތި ހޯދުން.

- އުޅަނދު ފަހަރުގެ ޑެއިލީ ޗެކް ކުރުމަށްފަހު ޓެކްނީޝަނުން ފާހަގަކުރާ މައްސަލަތައް ބަލައި އެކަންތައްތައް ހައްލުކުރުން.

- ކޯޕަރޭޝަންގައި ގެންގުޅޭ ވެހިކަލްތަކާއި، އިކުޕްމެންޓްތަކާއި މެޝިންތަކުގެ ޕްރިވެންޓިވް މެއިންޓެނަންސް ޝެޑިއުލާއި އެއްގޮތަށް މެއިންޓެނަންސް މަސައްކަތް ކުރުން.

- އުޅަނދުފަހަރު ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ޕްރިވެންޓިވް މެއިންޓެނަންސް ޝެޑިއުލްހަދައި އުޅަނދުތަކުގެ ކޮންޑިޝަނަލް އެސެސްމަންޓް ސަރވޭ ހަދައި ކުރަންޖެހޭ މަރާމާތުގެ ކަންތައްތައް ކުރުން.

- މަސައްކަތް ހަލުވިކުރުމަށް ބޭނުންވާ އިކުޕްމަންޓްތައް އައިޑެންޓިފައިކޮށް އެތަކެތީގެ ސްޕެސިފިކޭޝަން ހެދުން.

- އަދި މިނޫނަސް ސުޕަވައިޒަރުން ހަވާލުކުރާ ކޯޕަރޭޝަންގެ އެންމެހާ މަސައްކަތް ފަރުވާތެރިކަމާއެކު ނިންމުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 15.00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  6. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، ޖަނަވަރީ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

14 ޖަނަވަރީ 2021
ހޯދާ