އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2020 " މުބާރާތް ހިނގަމުންދާއިރު 04 ސްޓޯލް ދޫކުރުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 ގެ ނަމުގައި އައްޑޫސިޓީ ކައުންސިލުން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތް، 2021 ޖަނަވަރީ 23 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ހިނގަމުންދާއިރު 04 ސްޓޯލްއެއް ދޫކުރުމަށް ބޭނުންވާތީ، ކަނޑައެޅޭ އުސޫލެއްގެ ތެރެއިން މިތަންތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން، 2021 ޖަނަވަރީ 17 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ސެޝަންގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅާނެ ތާރީޚަކާއި ގަޑިއެއް އަންގައި ދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

1 ޖުމާދުލްއާޚިރު   1442

14 ޖަނަވަރީ 2021
ހޯދާ