އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ވޮޗަރ (މަރަދޫފޭދޫ އިޖުތިމާޢީ މަރުކަޒު)

މަޤާމް

ވޮޗަރ

ބޭނުންވާ ޢަދަދު:

3 (ތިނެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެމްބަރ 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަރަދޫފޭދޫ އިޖުތިމާއީ މަރުކަޒު ، މަރަދޫފޭދޫ / އައްޑޫ

މުސާރަ:

3100/-

ސަރވިސް އެލަވަންސް:

1000/-

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދަރާއިން އަންގާ ގޮތެއްގެ މަތީން އިޖްތިމާއި މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދު ކަނޑައެޅިފައިވާ ޤަވާއިދާ އެއްގޮތަށް ޑިއުޓީ އަދާކޮށް ސެކިއުރިޓީ ބެލެހެއްޓުން.
  2. ޑިއުޓީ ޓޭބަލްގައިވާގޮތަށް ޑިއުޓީކުރުމާއި ދުވަހުން ދުވަހަށް ސުޕަވައިޒަރަށް މައްސަލަތައް އެންގުން
  3. އިޖްތިމާއި މަރުކަޒުގައި ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް ހިނގާނަމަ އެކަމެއް ހައްލުކުރުމާއި އަދި ހައްލު ނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ ތަނުގައި އެވަގުތު ހުންނެވި އެންމެ އިސްމުވައްޒަފަކަށް ވަގުތުން އެންގުން.
  4. ތަނުގެ ރައްކާތެރިކަމާއި ސަލާމަތަށް ކުރަންޖެހޭ ކަންކަމާއި، އަދި މީގެ އިތުރުން ހިދުމަތް ދިނުމުގައި ދިމާވާ ކުއްލި ހާލަތްތަކުގައި އެވަގުތު ޑިއުޓީގައި ހުރި އެންމެ އިސް މުވައްޒަފެއް އަންގާގޮތުގެ މަތިން މަސައްކަތް ކުރުން.
  5. ތަނުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން
  6.  ތަނުގެ ލައިޓްތައް ކަނޑައެޅިފައިވާ ގަޑިއަށް ދިއްލާ ނިއްވުން.

މަޤާމުގެ ޝަރުތުތައް:

ލިޔަންކިޔަން އެނގުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާނަމަ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.
  4. ގިނަވަގުތު އޮފީހުގައި މަސައްކަތަކުރެވޭނެ މީހެއްކަމުގައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ 14.00    ގެ ކުރިން، މަރަދޫފޭދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 31 ޖެނުއަރީ 2021 އާއި 07 ފެބްރުއަރީ 2021            އާ ދެމެދު، މަރަދޫފޭދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6891523 ނަންބަރު ފޯނާއެވެ.

1 ޖުމާދަލްއާޚިރާ 1442

14 ޖަނަވަރީ 2021
ހޯދާ