ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ މަސްޖިދުލް ދާރުއްސަލާމީގެ ވޯރކްވޭ ހެދުމުގެ މަސައްކަތާއި ގުޅޭ

މަސްޖިދުލް ދާރުއްސަލާމީ މިސްކިތުގެ ވޯރކްވޭ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނޭ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ، ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކުން، 25 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 31 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ -/500 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. އަދި މައުލޫމާތު ޝެސަން އަށް ހާޒިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށައަޅަން ވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " މަސްޖިދުލް ދާރުއްސަލާމީގެ ވޯރކްވޭ ހެދުމުގެ މަސައްކަތް" މިހެން ލިޔުމަށްފަހުގައެވެ. އަދި ބަދަލުގައި މީހަކު ހާޟިރުވާނަމަ ހުށަހަޅާފަރާތުގެ ސިޓީއަކާއި އައިޑީކާޑުގެ ފޮޓޯކޮޕީއަކާއި ، ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

14 ޖަނަވަރީ 2021
ހޯދާ