ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2021 ވަނަ އަހަރު މިސްކޫލްގެ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

  1. މިސްކޫލްގެ ހެނދުނު ސެޝަންގެ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ GS16/IUL/2020/15 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 17 ޖަނަވަރީ 2021 އިން 19 ޖަނަވަރީ 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި މިސްކޫލްގައެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 26 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގައި މިސްކޫލްގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިޕްރޮގްރާމްގައި ބައިވެރިވުމަށް ނަންނޯޓުކުރައްވާ ފަރާތްތަކަށް މިސްކޫލްގެ އިދާރާއިން އީމެއިލް އިން ފޮނުވައިދޭނެއެވެ.
  7. އިތުރު މަޢުލޫމާތު ރަސްމީގަޑީގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ސ.އަތޮޅު މަދަރުސާ

   ސ.ހުޅުދޫ މީދޫ

   ފޯން: 6895679

   އީ-މެއިލް: [email protected]

14 ޖަނަވަރީ 2021
ހޯދާ