މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓްމަން

ވަޒީފާގެ ފުރުޞަތު  

މަޤާމް :

ޕޯސްޓްމަން

ބޭނުންވާ އަދަދު:

10 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/4617 ރުފިޔާ ( ހަތަރު ހާސް ހަސަތޭކަ ސަތާރަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/1920 ރުފިޔާ ( އެއް ހާސް ނުވަސަތޭކަ ވިހި ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
  4. މެއިލް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން މެއިލް އެލަވަންސް ލިބޭނެއެވެ.
  5. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް:

ފޭދޫ ޕޯސްޓް އޮފީސް

މަޤާމްގެ މަސްޢޫލިއްޔަތު

ހުޅުމީދޫއަށް ހުންނަ ސިޓީ، ޕާރސަލް ފަދަ ތަކެތި ބެހުން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • އަސާސީ ތަޢުލީމު ފެންވަރަށް ތަކެތި ދަތުން
  • ދިވެހިބަހާއި އިނގިރޭސި ބަހުން ލިޔެފައި ހުންނަ އެއްޗެހި ކިޔަން އެނގުން
  • ކުރެވޭ އިންޓަރވިއުއިން ފާސްވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހުޅުމީދޫގެ ގެތަކާއި/އެޑްރެސް އަދި މަގުތަކަށް ފަރިތަވުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްހަތެއް ހުރި މީހަކަށްވުން
  • އަމިއްލަ ދުއްވާ އެއްޗެއްގައި މެއިލްބެހޭފަދަ މީހެއްކަމުގައިވުން
  • ބަރު ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހެއްކަމުގައިވުން
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
  • ވަޒީފާއަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު،17  ޖަނަވަރީ  2021 ވާ އާދިއްތަ ދުވަހުގެ  14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ އީމޭލްއިން ނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

އިންޓަވިއު:

  • އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 

ވަޒީފާއަށް އެދޭނެ ގޮތް:

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.

https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009-273ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
13 ޖަނަވަރީ 2021
ހޯދާ