ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 05 ކޮމްޕިއުޓަރ ސިސްޓަމް އަދި މޮނީޓަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މި ޓްރައިބިއުނަލަށް 05 ކޮމްޕިއުޓަރ ސިސްޓަމް އަދި 05 މޮނީޓަރު ގަތުމަށް ބޭނުން ވެއްޖެއެވެ.

ވީމާ، ކޮމްޕިއުޓަރ ސިސްޓަމް އަދި މޮނީޓަރު ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކުން 24 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި ޓްރައިބިއުނަލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އަންދާސީ ހިސާބާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ލިޔުމުން ފޮނުއްވުން އެދެމެވެ. މި ބީލަމާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027802 އަށް ގުޅުއްވުން އެދެމެވެ.

29 ޖުމާދަލްއޫލަ 1442

13 ޖަނަވަރީ 2021
ހޯދާ