ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު އަދި ފުޓްސަލް ދަނޑުގައި މަސައްކަތްކުރާނެ މަސައްކަތު މީހަކު ބޭނުންވެއްޖެ.

 

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

1           

މުސާރަ:

4200 ރުފިޔާ

ހާޟިރީ އެލަވަންސް:

1800 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:

  1. އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން
  2. ގިނަވަގުތު މަސައްކަތު އުޅެވޭ ފުރިހަމަ ސިއްހަތެއް ލިބިފައިވާ މީހެއްކަމުގައި ވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ބަނދަރު ތެރެއަށް އެޅިފައިވާ ކުނިބުނިތައް ކޮންމެ ދުވަހަކު ނަގައި ޑަސްބިން ކުރުން.

2. ބަނދަރު ބެލެހެއްޓުމުގެ ގަވައިދާއި އަދި ބަނދަރު ބެލެހެއްޓުމުގެ އުސޫލާއި ހިލާފަށް އަމަލުކުރަމުންގެންދާ ފަރާތްތަކުގެ މައުލޫމާތު ކޮންމެ ދުވަހަކު ކައުންސިލަށް އެންގުން.

3. ކަލައިދޫ ރައްވެހިން ފިޔަވައި އެހެނިހެން ރަށްރަށުގެ މީހުން ބަނދަރަށް ބާލާ ވެލި އަކިރި ގޯނީގެ އަދަދު ނޯޓްކޮށް ކޮންމެ ދުވަހަކު ކައުންސިލްގެ އިދާރާއާއި ހަވާލުކުރުން.

4. ކަލައިދޫ ރައްވެހިން ފިޔަވައި އެހެނިހެން ރަށްރަށުގެ މީހުން ބަނދަރުން ބޭރުކުރާ ހިކިފަނާއި ދަރުފަދަ ތަކެތީގެ މައުލޫމާތު ނޯޓްކޮށް ކޮންމެ ދުވަހަކު ކައުންސިލްގެ އިދާރާއާއި ހަވާލުކުރުން.

5. ބަނދަރު ބެލެހއްޓުމުގެ ގަވައިދާއި އަދި އުސޫލާއި ހިލާފުވާ ފަރާތްތަކަށް އިސްލާހް ކުރަންޖެހޭ ކަންކަން ވަގުތުން އަންގައި އެކަމެއް އިސްލާހް ކުރުމަށް ބާރުއެޅުން.

6. ކައުންސިލުން ކަނޑައަޅާ ގަޑިތަކުގައި ފުޓްސަލް ދަނޑު ހުޅުވައި ލެއްޕުން.

7. ފުޓްސަލް ދަނޑުގައި ހުންނަ ކުނިނަގައި ކޮންމެ ދުވަހަކު ޑަސްބިން ކުރުން.

8. ޗޭންޖިންގ ރޫމާއި ފާހާނަ ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން.

9. ފުޓްސަލް ދަނޑުގެ ބޮޑުމަގާވީ ފަރާތް ފިޔަވައި އަނެއް 3 ފަރާތުގެ ފެންސުން ފެށިގެން 15 ފޫޓް ފުޅާމިނު ވިނަކޮށުން.

10. ކައުންސިލްގެ ހުއްދަ ނެތި އެއްވެސް ފަރާތަކަށް ދަނޑު ބޭނުން ކުރުމުގެ ހުއްދަ ނުދިނުން.

11. ފުޓްސަލް ދަނޑު ބޭނުންކުރުމުގެ އުސޫލާއި ހިލާފުވާ ފަރާތްތަކަށް ދަނޑު ބޭނުންކުރުމުގެ ފުރުސަތު ނުދިނުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދޭކަމުގެ ސިޓީ.
  2. އައިޑީ ކާޑު ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހުނަރު.
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހެއް ކަމުގައިވުން.
  3. އިންޓަރވިއުއަށް ލިބޭ މާކްސް.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނެ ނަންބަރަކީ، 6800730 އެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2021 ޖެނުއަރީ 21 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެތި މި އިދާރާ ހުށަހެޅުން އެދެމެވެ.

 އިންޓަރވިއު:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚް ސިޓީ ހުށަހަޅާފަރާތްތަކަށް ފަހުން އެގޭނެއެވެ.

13 ޖަނަވަރީ 2021
ހޯދާ