ދިވެހިރާއްޖެ
އިޢުލާން
މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕް ހޯސްޓް ކުރަން ބޭނުންވާ މަދަނީ ޖަމްޢިއްޔާތަކަށް ފުރުޞަތު ހުޅުވާލުން.
މި މިނިސްޓްރީގެ ފަރާތުން މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، 6 އަތޮޅަކަށް އަމާޒުކޮށް އެން.ޖީ.އޯ ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯކްޝޮޕް ހިންގުމަށް ހަމަޖެހިފައިވާ ރަށުގެ މަދަނީ ޖަމްޢިއްޔާއަކާއި ގުޅިގެންނެވެ. އަދި ވޯކްޝޮޕް ހޯސްޓް ކުރަން ބޭނުންވާ ޖަމްޢިއްޔާއަށް ވޯކްޝޮޕް ހޯސްޓު ކުރުމާއި، ވޯކްޝޮޕް އިންތިޒާމް ކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ޖަމްޢިއްޔާތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
| ވޯކްޝޮޕްގެ ނަން: ޓްރެއިނިންގ ވޯކްޝޮޕް އޮން ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް | 
| ވޯކްޝޮޕް ބާއްވާ ރަށާއި ތާރީޚް: 
 | 
| ފޯމް ލިބެން ހުންނާނެތަން: www.youth.gov.mv ވެބްސައިޓުން | 
| ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: [email protected] އީމެއިލް މެދުވެރިކޮށެވެ. (ޕްރޮޕޯސަލް ހުށަހަޅުއްވާނީ އިޢުލާނާ އެކުގައިވާ ޓެމްޕްލޭޓާއި އެއްގޮތަށް ދިވެހި ބަހުންނެވެ.) | 
| ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް: 18 ޖަނަވަރީ 2021 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް | 
| ފުރުޞަތު ދިނުމުގައި ބަލާނެ މިންގަނޑު: މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި އެ ޖަމްޢިއްޔާއަކަށް ލިބިފައިވާ ތަޖުރިބާއާއި، ވޯކްޝޮޕް ހިންގުމުގައި އެހެން ފަރާތްތަކުގެ ބައިވެރިވުން އޮތް މިންވަރަށާއި، ވޯކްޝޮޕް ހިންގުމުގައި އެޖަމްޢިއްޔާއަކުން ކުރާނެ ޙިއްޞާގެ މިންވަރަށެވެ. އަދި މިކަމަށް ޖަމްޢިއްޔާއެއް ހޮވުމުގައި ވޯކްޝޮޕް ހިންގުމަށް ހަމަޖެހިފައިވާ ރަށުގެ ޖަމްޢިއްޔާތަކަށް އިސްކަން ދެވޭނެއެވެ. | 
| ޕްރޮޕޯސަލް އާއެކު ހުށަހަޅާ ބަޖެޓުގައި ހިމަނަންޖެހޭ ބައިތައް: އަތޮޅު ތެރެއިން ބައިވެރިވާ ބައިވެރިންގެ ހުރުމާއި، ކެއުން އަދި ކަނޑުދަތުރު ޚަރަދާއި، ސެޝަންތައް ބާއްވާނެ ހޯލް ހަމަޖެއްސުން (30 ބައިވެރިންނަށް ވުރެ އިތުރުނުވާ ގޮތަށް) | 
| ނޯޓް: * އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ނަންބަރު 3347300 ، 7556883 ، 7662474 އަށް ގުޅުއްވުން އެދެމެވެ. * ވޯކްޝޮޕްގައި ފެސިލިޓޭޓް ކުރާނެ ފަރާތްތަކާއި ސެޝަން ނަންގަވައި ދެއްވާ ފަރާތްތައް ކަނޑައަޅާ އެފަރާތްތަކުގެ ޚަރަދާއި، ސްޓޭޝަނަރީގެ ޚަރަދު ކަނޑައަޅާނީ މި މިނިސްޓްރީންނެވެ. މި ޚަރަދުތައް ޕްރޮޕޯސަލްގައި ހުށަހަޅާކަށް ނުޖެހޭނެއެވެ. | 
 
                    