ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް / ސީނިއަރ ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް)

މަޤާމް :ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް / ސީނިއަރ ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް
ބޭނުންވާ އަދަދު :13

މިހޮސްޕިޓަލާއި މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ޞިއްޙީމަރުކަޒުތަކުގައި މަސައްކަތްކުރައްވާ ބިދޭސީ ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުންގެ ބަދަލްގައި ދިވެހި ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުން ހޯދުމަށް ބޭނުންވެއެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.

 

މަޤާމް: ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް / ސީނިއަރ ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް
މަޤާމުގެ ނަންބަރު: -
ބޭނުންވާ ޢަދަދު: 13 (ތޭރަ)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް1

ޓެކްނިކަލް އޮފިސަރ ގްރޭޑް2

ޓެކްނިކަލް އޮފިސަރ ގްރޭޑް3
ސެކްޝަން  / ޔުނިޓް ކްލިނިކަލް ސަޕޯޓް ސަރވިސް / މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސަރވިސް
މަޤާމް އޮތް އޮފީސް: މިހޮސްޕިޓަލާއި މިހޮސްޕިޓަލްގެ ދަށުން ހިގަމުންދާ ޞިއްޙީމަރުކަޒުތައް (އެޓޭޗް ކުރެވިފައިވާ ލިސްޓްގައިވާ އިދާރާތައް)
ވަޒީފާ އަދާކުރަންޖެހޭ ތަން: މިހޮސްޕިޓަލާއި މިހޮސްޕިޓަލްގެ ދަށުން ހިގަމުންދާ ޞިއްޙީމަރުކަޒުތައް (އެޓޭޗް ކުރެވިފައިވާ ލިސްޓްގައިވާ އިދާރާތައް)       
މަޤާމް ސިވިލްސަރވިސްގެ ރޭންކް އަސާސީ ޝަރުތު މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

 

 

ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް

 

 

MS-1 މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވުން. -/5610
MS-2 މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުން. -/6295
ސީނިއަރ ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް MS-3

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލްނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުން.
-/7035
ސަރވިސް އެލަވަންސް:
  • މަހަކު -/2500 ރުފިޔާ
އެހެނިހެން އެލަވަންސް:

 · ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  • ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ޝިފްޓް ޑިއުޓީ އެލަވަންސް.
  • މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް.
މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
  1. މައިގަނޑު މަސައްކަތްތައް

    ޓެކްނިކަލް

    ހ. އޯ ޕީ ޑީ އާއި އައި ޕީ ޑީ އަށް އަންނަ ބަލިމީހުންގެ ސާމްޕަލް ތަކާއި، އެހެން މުއައްސަސާތައް މެދުވެރިވެގެން އަންނަ ސާމްޕަލްތައް އައިޑެންޓިފިކޭޝަންތައް ޗެކްކުރުމަށްފަހު ބަލައިގަތުން.

    ށ. ކުރަންޖެހޭ ތަޚްލީލް ތަކުގައި ލަފާހޯދަންޖެހޭ ފަރާތް ތަކާއި ގުޅައިގެން ލަފާހޯދާ، ބަލިމީހާއަށް އެންމެ ފުރިހަމައަށް ޚިދުމަތެއް ފޯރުކޮށްދީ ބަލިމީހާއަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށް ދިނުން.

    ނ. ޑިއުޓީ ތަކުގައި ކުރަންޖެހޭ ޓެސްޓްތައް ސްޓޭންޑަރޑް ޕްރޮސިޖާރ އާއި އެއްގޮތަށް ޕްރޮސެސް ކުރުމާއި، ޓެސްޓްތައް ފުރިހަމަ ކުރުމާއިއެކު، ރިޕޯރޓްތައް ގަޑިއަށް ތައްޔާރު ކުރުން.

    ރ. ރެޖިސްޓްރީ ތަކުގައި ލިޔަންޖެހޭ ނަތީޖާތައް ރަނގަޅަށްލިޔެ ޗެކްކޮށް ފުރިހަމައަށް ބެލެހެއްޓުމާއި، ޓެސްޓް ނަތީޖާއާއި، ބެހޭ ގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުން.

    ބ. ޚާއްޞަ ލެބޯޓްރީ ޓެސްޓްތައް ކުރުމާއި، ކުރެވޭ ޓެސްޓްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރުން.

    ޅ.ލެބޯޓްރީގައި ކުރެވޭ ޓެސްޓް ތަކުގެ ކޮލިޓީ ކޮންޓްރޯލް ޗެކްކުރުމާއި، ރެކޯޑްތައް ބެލެހެއްޓުމާއިއެކު ޖޫނިއަރ މުވައްޒަފުންނަށް ކަމުގެ ހުނަރު ދަސްކޮށް ދިނުން.

    އެޑްމިނިސްޓްރޭޓިވް

    ހ. މަޤާމުގެ ގޮތުންދަށް މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސްޕަވައިޒް ކުރުން.

    ށ. ލެބޯޓްރީގައި ކުރާ ޓެސްޓްތައް ކުރުމަށް ބޭނުން ކުރެވޭ ކޮންސިއުމަބްލްސް، ރިއޭޖެންޓްސް އާއި ކެމިކަލްސްގެ ސްޓޮކް ބެލެހެއްޓުމާއިއެކު އެއްވެސް އެއްޗެއް ހުސްވުމުގެ ކުރިންނާއި، އެކްސްޕަޔާ ވުމުގެ ކުރިން ދުވަސް އޮއްވާ އިސްފަރާތަށް އެންގުން (ނޯޓް: އެކަނި މަސައްކަތްކުރާ ނަމަ ދުވަސްއޮއްވާ ސެންޓްރަލް މެޑިކަލް ސަޕްލައިސްއަށް އޯޑަރުކޮށް ތަކެތި ހޯދުން)

    ނ. ލެބޯޓްރީގެ މަސައްކަތްކުރާ މާޙައުލު އެކުވެރިކޮށް ބޭއްވުމާއިއެކު ލެބޯޓްރީ ސާފުތާހިރުކޮށް ބޭއްވުމަށް މުވައްޒަފުންނަށް އަންގާ ބެލެހެއްޓުން.

    ރ. ލެބޯޓްރީގައި ބެހެއްޓިފައިވާ މެޝިންތަކާއި އިކްވިޕްމަންޓްތައް ޑެއިލީ މެއިންޓަނަންސް ހެއްދުމާއި، ހަފްތާއަކު އެއްފަހަރު ހަދަންޖެހޭ މެއިންޓަނަންސް ހެދިތޯ ބަލާ އޭގެ ރެކޯޑްތައް ބެލެހެއްޓުމާއި، މިއިން އެއްޗަކަށް ގެއްލުމެއް ވެފައިވާނަމަ އިސްފަރާތަކަށް އެންގުމާއިއެކު މިނިސްޓްރީ އޮފް ހެލްތްގެ ބައޮމެޑިކަލް އަދި ލެބޯޓްރީ ސަރވިސަސް އަށް އެންގުން.

    ބ. ލެބޯޓްރީއާއިމެދު ބަލިމީހުން/ ބަލަދުވެރިޔާ ނުވަތަ އެހެނިހެން ފަރާތް ތަކުން ކުރާ ޝަކުވާ ބަލާ ޙައްލު ކުރެވޭނަމަ ޙައްލުކޮށް އެކަން އިސްފަރާތަކަށް އެންގުން.

    ޅ. ލެބޯޓްރީ އެސިސްޓެންޓުންނާއި، ލެބޯޓްރީ ޓެކްނޮލޮޖިސްޓް ޓްރޭނިންނަށް ދާއިރާއާއި ގުޅޭ ތަމްރީނާއި ހުނަރު ދަސްކޮށްދީ ސްޕަވައިޒްކޮށް ބެލެހެއްޓުން.

    ކ. މިނިސްޓްރީ އޮފް ހެލްތް / ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން ފޮނުވާ ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަމްރީންތައް ރާވާ ހިންގުމާއި، ފޮނުވާ މުވައްޒަފުންނަށް ދާއިރާއާއި ގުޅޭ ތަމްރީނު ދިނުން.

    އާދަޔާ ޚިލާފު ވާޖިބުތައް

    ހ. ލެޔާއި ހަށިގަނޑުގެ ތަފާތު ދިޔައިންނާއި، އެހެނިހެން ސާމްޕަލްތަކުން ފަސޭހަކަމާއިއެކު ބަލިޖެހިދާނެ މާހައުލެއްކަން ދަނެގެން ތިމާއާއި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ ރައްކާތެރިކަމަށް ސަމާލުވެ ކަނޑައެޅިފައިވާ ޤަވާއިދެއްގެ މަތިން މަސައްކަތުގައި ހަރަކާތްތެރި ވުމާއިއެކު އެހެން މުވައްޒަފުން މިކަމުގައި ސްޕަވައިޒް ކުރުން.

    އެހެނިހެން ވާޖިބުތައް

    ހ. ލެބޯޓްރީ ޓެސްޓް ތަކުގެ ނަތީޖާ ކޮންމެހެން އެގެންޖެހޭ ފަރާތް (ތަށް) ފިޔަވާ އެހެން ފަރާތަކަށް ނާންގާ އާއްމު ނުކުރުން.

    ށ. ބޭނުންވާ ހިނދެއްގައި ޝިފްޓް ޑިއުޓީއާއި، އިމަރޖެންސީ ޑިއުޓީއަށް އަދި ރިލީފް ޑިއުޓީއަށް ނިކުތުން.

    ނ. މީގެ އިތުރުންވެސް ސެކްޝަން ތަކުގެ ވެރިން އެންގެވި އޮފީހުގެ ކޮންމެ މަސައްކަތެއް ކުރުން.
ގުޅޭ ވަޒީފާގެ ދާއިރާތައް: -  މެޑިކަލް ސައިން / މެޑިކަލް ލެބޯޓްރީ
ތަޢުލީމީ ރޮނގުތައް: -  މެޑިކަލް ސައިން / މެޑިކަލް ލެބޯޓްރީ
ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ގަމު ރީޖަނަލް ހޮސްޕިޓަލް އަދި ޞިއްޙީ މަރުކަޒުތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mvޑައުންލޯޑް ކުރެވޭނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް ނުވަތަ އައި ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތުގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4- ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޟެއްނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

5- ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތަޢްލީމު ދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގއ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމު.

(ރ) ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ / ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ / ޖަމާޢަތެއްކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

9- މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

- ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

-ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. 
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިދާރީ ސެކްޝަނަށެވެ. ވަޒީފާ އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] ) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: މިމަޤާމަށް  މީހަކު ހޮވުމަށް  ބޭއްވޭ   އިންޓަރވިއު  އޮންނާނީ  10 ފެބްރުވަރީ 2021ގެ ކުރިން ގަމު ރީޖަނަލް ހޮސްޕިޓަލްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން: އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ގަމު ރީޖަނަލް ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ."
އިތުރު މަޢްލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6800703 ނަމްބަރ ފޯނާއެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސް "ޢައްޔަންކުރުމުގެ އުޞޫލާގުޅޭ " http://www.csc.gov.mv/dv/recruitme
13 ޖަނަވަރީ 2021
ހޯދާ