ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮންލައިންކޮށް ހުކުރު ހުއްދަ ދޫކުރުމާއި ގުޅޭ

އޮންލައިންކޮށް ހުކުރު ހުއްދަ ދޫކުރުމާއި ގުޅޭ

           އިމާމްވެ ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، މާލޭގައި ދިރިއުޅޭ ފަރާތްތައް ނޫން އެހެން ފަރާތްތައް މިނިސްޓްރީއަށް ޙާޟިރުކުރުމުގެ ބަދަލުގައި އޮންލައިންކޮށް އިމްތިޙާނުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

           މިގޮތުން ހުއްދަ އަށް އެދޭ ފަރާތް އޮންލައިންކޮށް އިމްތިޙާނުކުރާނީ "ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލު" ގެ 06 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ފަރާތްތައްކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ ކޮމިޓީން ނިންމާ ފަރާތްތަކަށެވެ. އެ އިދާރާއެއްގެ މުވައްޒަފެއްގެ ޙާޟިރުގައި އިލެކްޓްރޯނިކް ވަޞީލަތްތައް މެދުވެރިކޮށެވެ. އަދި އިމްތިޙާން ކުރެވޭ ފަރާތް ކެމެރާއަށް ޙާޟިރުވެ ހުންނަން ވާނެއެވެ.

           އަދި ދަންނަވެމެވެ. އިމްތިޙާނުކުރުމަށް ފަހު އިމްތިޙާނުން ފާސްވާ ފަރާތްތަކަށް ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ދާއިމީ ހުއްދަ ދެވޭނެއެވެ. އޮންލައިންކޮށް އިމްތިޙާނުކުރުމުގައި "ރާއްޖޭގައި އިމާމްވެ ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލު" ގެ 06 ވަނަ ޝަރުތުގެ އިތުރުން ތިރީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ވާން ވާނެއެވެ.

  • އިމްތިޙާނު ކުރެވޭ ފަރާތަކީ އެކަމަށް އެދުނު ފަރާތްކަން ކަށަވަރުކުރުން.
  • ވީޑިއޯ އާއި އަޑު ސާފު ވަސީލަތެއް ބޭނުން ކުރުން.

           މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

13 ޖަނަވަރީ 2021
ހޯދާ