ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެރިންމަދޫން ހޯރަފުއްޓަށް ބަދަލުވި މީހުން ދިރިއުޅޭ ސަރަޙައްދުގެ އުތުރުފަރާތުގައިވާ ރުއްގަނޑު ވަރުވާއަށް ދޫކުރުމާއިބެހޭ

ބެރިންމަދޫން ހޯރަފުއްޓަށް ބަދަލުވި މީހުން ދިރިއުޅޭ ސަރަޙައްދުގެ އުތުރުފަރާތުގައިވާ ރުއްގަނޑު ވަރުވާއަށް ދޫކުރުމާއިބެހޭ

           ބެރިންމަދޫން ހޯރަފުއްޓަށް ބަދަލުވި މީހުން ދިރިއުޅޭ ސަރަޙައްދުގެ އުތުރުފަރާތު ހޭޅީގައި ހައްދާފައިވާ ރުއްގަނޑު ވަރުވާއަށް ލިޔެ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން މި ރުއްގަނޑު ލިޔެދެވޭނީ އަހަރު ދުވަހަކަށް އެންމެ ބޮޑު ވަރުވާއެއް ހުށަހަޅާ ފަރާތަކަށެވެ.

           ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

13 ޖަނަވަރީ 2021

ބުދަ

11:00

ފޯމު ބަލައިގަތުން

18 ޖަނަވަރީ 2021

ހޯމަ

11:00

          އަގު ހުށަހަޅާ ފޯމާއި ޙަވާލުވުމަށާއި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، މިކަމަށް އެދޭ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގެން އޮންނަންވާނެއެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

          މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

10 ޖަނަވަރީ 2021
ހޯދާ