ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދަނާލުގެ އަސްކަނީ ސީލިންގ މަރާމާތުކުރުން

 

އިއުލާން

ނަންބަރ:IUL)GS-01/GS-01/2021/2)

ތާރީހް: 13 ޖެނުއަރީ 2021

 ދަނާލުގެ އަސްކަނީގެ ސީލިންގުގެ ބައެއް ހިސާބުތައް ހަލާކުވެފައިވާތީވެ، އެތަންތަން މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ.

 ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ޖެނުއަރީ 2021 ވާ ބުދަ ދުވަހު 10:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޖެނުއަރީ 2021 ވާ އާދިއްތަ ދުވަހު 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ދިނުމަށް ބާއްވާ ސެޝަންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. މައުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ ކާކުކަން އަންގައިދޭ ރަސްމީލިޔުމަކާއެކު އެކަން ބަޔާންކޮށް މައުލޫމާތު ސާފުކުރަންއެދޭފަރާތުގެ ސިޓީއާއެކު އަޑީކާޑުކޮޕީ/ ވިޔަފާރި ރެޖިސްޓްރީގެ ކޮޕީ ހުށަހެޅުއްވުމަށް ދެންނެވީމެވެ.

  • މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

 އިތުރު މައުލޫމާތު:

ފޯން ނަންބަރ: 6608508

އީމެއިލް އެޑްރެސް:[email protected]

13 ޖަނަވަރީ 2021
ހޯދާ