ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
Troubleshoot and repair of Hydraulic Gear set of 16T Cranes 2 Vehicle

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                          ނަމްބަރު: IUL)-RDC-2021-5)

  

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ 2 ކްރޭން މަރާމާތު ކުރުމަށް ކޯޓޭޝަން/ޕްރޮޕޯސަލް ހޯދުމާ ގުޅޭ (ތިންވަނަ އިޢުލާން)

 

މި ކޯޕަރޭޝަންގެ 2 ކްރޭން އެއް މަރާމާތު ކުރަން ބޭނުންވެގެން ކުރެވުނު އިޢުލާން  RDC-IUL/PROC/2020-70އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން އިޢުލާން ކުރަމެވެ. ކުރަން ބޭނުންވާ މަސައްކަތުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

Quantity required

Unit

Item Description

#

-

-

Troubleshoot and repair Hydraulic hoist gear set of 16T Cranes

 

Vehicle 1

Registry Number: V1A2657

Vehicle Type: Crane

Vehicle Model: QY16H431.5

 

Vehicle 2

Registry Number: V1A2658

Vehicle Type: Crane

Vehicle Model: QY16H431.5

 

*Additional detail will be provided in Info session including but not limited to Winch parts catalogue

 

1

  މަސައްކަތް ކުރަންވާނީ ސަޕްލަޔަރ އަމިއްލަ ތަކެތީގައެވެ. ސްޕެއަރ ބޭނުންވާނަމަ އަގު ހުށަހަޅަންވާނީ އެތަކެތި ހިމެނޭ ގޮތަށް އަކީގައެވެ. ހުށަހަޅާ ސްޕެއަރގެ ކެޓެލޮގް ވަކިން އެޓޭޗް ކުރެވިފައި އޮންނަންވާނެއެވެ.

  •    މި ކޯޕަރޭޝަންގެ ޕޮލިސީގައި ވާ ގޮތުގެ މަތިން، ކްރެޑިޓް މުއްދަތަކީ 30 ދުވަހެވެ. ޕްރޮޕޯސަލް ތަކުގައި "ޕޭމަންޓް ޓަރމް" އެގޮތަށް ބަޔާން ކުރެވިފައި އޮންނަން ވާނެއެވެ.

  މި ބިޑް އިވެލުއޭޓްކުރުމުގައު ބަލާނެ ކަންތައްތައް (މާރކިންގް ކްރައިޓީރިއާ) :

  • 1-     ހުށަހަޅާ އަގަށް: 60
  • 2-   ޑެލިވަރީ/މަސައްކަތުގެ މުއްދަތު:  30
  • 3-   ތަޖުރިބާ:  10 -  (ތަޖުރިބާ އަށް މާރކްސް ދިނުމުގައި ބަލާނީ ވޭތުވެދިޔަ 3 އަހަރު ކޮށަފައިވާ މަސައްކަތްތައް ބަޔާންކޮށްދޭ ލިޔެކިޔުން ތަކަށް ބިނާކޮށެވެ. މަސައްކަތް ވާން ވާނީ އިޢުލާންގައި ބުނާފަދަ މަސައްކަތެއް ނުވަތ އެއާ އެއްގޮތް މަސައްކަތަކަށެވެ. މި ގޮތުން ބަލާނީ މަސައްކަތް ކޮށްދީފައިވާ އިދާރާ އަކުން މަސައްކަތް ނިންމިކަމަށް ދީފައިވާ އެތަނެއްގެ ރަސްމީ ލިޔުމެކެވެ. އެއް އިދާރާ އަކުން ނުވަތަ އެމްޕްލޯޔަރ އެއްގެ ފަރާތުން ހުށަހެޅޭނީ ގިނަވެގެން 2 ލިޔުމެވެ. ޝަރުތު ފުރިހަމަވާ ލިޔުމަކަށް ލިބޭނީ 2 މާރކްސް އެވެ. ޖުމްލަ ބަލާނީ 5 ލިޔުމަށެވެ.(

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ބިޑް ސަބްމިޝަން ފޯމް. އިވޭލުއޭޓް ކުރުމުގައި މާކްސްދެވޭނީ ސަޕޯޓިންގ ޑޮކިއުމެންޓްތައް ހުށަހަޅާފައިވާނަމައެވެ.

2-      ވެންޑަރ ރަޖިސްޓްރޭޝަން ފޯމް.  (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.)     

މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައި ވާނެއެވެ. ބިޑް ސަބްމިޝަން ފޯމާއި  ވެންޑަރ ރަޖިސްޓްރޭޝަން ފޯމް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

   ވީމާ، ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 17 ޖެނުއަރީ 2021 (އާދީއްތަ) ދުވަހުގެ 10:00 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 21 ޖެނުއަރީ 2021 (ބުރާސްފަތި) ދުވަހުގެ 10:00 އަށް ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަން އަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް / ކޯޓޭޝަން ބަލައެއްނުގަނެވޭނެއެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް އީމެއިލްކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ. އެއް ފަރާތަށް ހުށަހެޅޭނީ އެއް ޕްރޮޕޯސަލްއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ޕްރޮޕޯސަލްތައް ބަލައެއް ނުގަނެވޭނެއެވެ.

 

              ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                            އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                            ފޯން ނަންބަރު: 3339060

                            މެއިލް : [email protected]

                           

12 ޖަނަވަރީ 2021
ހޯދާ