މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބޭނުންކޮށްފައިވާ އަސްފަލްޓް (ތާރު) ޕްލާންޓެއް ނީލަން ކިއުމާއި ބެހޭ

ބޭނުންކޮށްފައިވާ އަސްފަލްޓް (ތާރު) ޕްލާންޓެއް ނީލަން ކިއުމާއި ބެހޭ 

 

މިކުންފުނީގައި ބޭނުކޮށްފައިވާ އަސްފަލްޓް (ތާރު) ޕްލާންޓުގެ ބައިތަކެއް ބާދަގަޑުގެ ގޮތުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިތަކެތި ނީލަމުން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 11:30އަށް މިކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުގެ ހެދުނު 11:30 އަށް މިކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންވާއިރު، ހާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުނި ނުވަތަ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން ކުންފުނި ނުވަތަ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ ގެންނަން ވާނެއެވެ. ފޯނުގެ ޛަރީއާއިން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. އަދި ދަންނަވަމެވެ. މަތީގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުން ނެތި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގެންނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތްތަކުން ވަޑައިގެންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި އީ.މެއިލްއާއި ފެކްސް ގެ ޛަރީއާއިން ފޮނުއްވާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކުގެ އިތުރުން މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައްވެސް ބަލައިނުގަނެވޭނެކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 12 ޖެނުއަރީ 2021

12 ޖަނަވަރީ 2021
ހޯދާ