ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޤައުމު ބިނާކުރުމަށް ޔުނިވަރސިޓީ އިން ދޭ ޚާއްޞަ ސްކޮލަރޝިޕް

މި އިޢުލާންވަނީ 12 ޖަނަވަރީ 2021 2049 ގައި ބާތިލް ކުރެވިފައެވެ.


ޤައުމު ބިނާކުރުމަށް ޔުނިވަރސިޓީ އިން ދޭ ޚާއްޞަ ސްކޮލަރޝިޕް

ސްކޮލަރޝިޕް ގެ މައިގަނޑު މަޤްޞަދަކީ މި ވަގުތަށް ޤައުމަށް ބޭނުންވާ ކޯސްތަކަށް އިޢުލާނުކުރުމުން އެދާއިރާއަކަށް ދަރިވަރުން ނުލިބޭ ޚާއްޞަ ދާއިރާތަކުން މީހުން ބިނާ ކުރުމެވެ. މިގޮތުން 2021 ވަނަ އަހަރަށް  ޚާއްޞަކުރެވޭ ދާއިރާތަކަކީ ފަށާ ތަޢުލީމުގެ މުދައްރިސްކަމާއި، މަސައްކަތްތެރިކަމުގެ ތެރެއިން ވެލްޑިންގ އާއި އެއަރ ކަންޑިޝަނިންގ އާއި މެރިޓައިމް ދާއިރާއެވެ.

މި ސްކޮލަރޝިޕް ދެވޭނީ އަންޑަރގްރެޖުއޭޓް އަދި ސަބްޑިގްރީ (ސެޓްފިކެޓް/ އެޑްވާންސްޑް ސެޓިފިކެޓް/ޑިޕްލޮމާ) ލެވެލްގެ ކޯސްތަކުގައި ކިޔެވުމަށެވެ.  

ޚާއްޞަ ސްކޮލަރޝިޕް ގެ ފުރުޞަތު ޓާރމް 1-2021

ނަންބަރު: MNU-CA-SSS/2021/01

ތާރީޚް: 12 ޖެނުއަރީ 2021

 

ބެޗްލަރ އޮފް ޕްރައިމަރީ އެޑިޔުކޭޝަން

ޢަދަދު: 30

މުއްދަތު: ފުލްޓައިމް ކޯހެއްގެ މުއްދަތު

ޢިނާޔަތްތައް

  • ކިޔަވާ ކޯހުގެ ޓިއުޝަން ފީ
  • ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި ދެވޭ -/5000 ރުފިޔާ
  • ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާރމަކު -/5000 ރުފިޔާ
  • ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި -/5000 ރުފިޔާ
  • މަޖްދުއްދީން ދަނާލުގެ ޖާގަ

މިސްކޮލަރޝިޕަށް  ދަރިވަރުން ހޮވޭނީ މިރަށްތަކުން ކުރިމަތީލާ ފަރާތްތަކުގެ ތެރެއިން

  1. ހއ. ތަކަންދޫ- މަދަރުސަތުލް ޝަހީދު އަލި ތަކުރުފާނު ސްކޫލް
  2. ހއ. ފިއްލަދޫ- ފިއްލަދޫ ސްކޫލް
  3. ހއ. ދިއްދޫ- ހއ. އެޑިޔުކޭޝަން ސެންޓަރ
  4. ހއ. މާރަންދޫ- މާރަންދޫ ސްކޫލް
  5. ހއ. މޮޅަދޫ- މޮޅަދޫ ސްކޫލް
  6. ހއ. މުރައިދޫ- މުރައިދޫ ސްކޫލް
  7. ހއ. ތުރާކުނު- ތުރާކުނު ސްކޫލް
  8. ހއ. އުލިގަމް- އުލިގަމު ސްކޫލް
  9. ހދ. ވައިކަރަދޫ- ހދ. އަތޮޅު މަދަރުސާ
  10. ހދ. ކުރިނބީ- ކުރިނބީ ސްކޫލް
  11. ހދ. ހިރިމަރަދޫ- ހިރިމަރަދޫ ސްކޫލް
  12. ށ. ފޯކައިދޫ- ފޯކައިދޫ ސްކޫލް
  13. ށ. ފޭދޫ- ފޭދޫ ސްކޫލް
  14. ށ. ޅައިމަގު- ޅައިމަގު ސްކޫލް
  15. ނ. މަނަދޫ- ނ. އަތޮޅު މަދަރުސާ
  16. ނ. ހެނބަދޫ- ހެނބަދޫ ސްކޫލް
  17. ނ. ލަންދޫ- ލަންދޫ ސްކޫލް
  18. ނ. މާފަރު- މާފަރު ސްކޫލް
  19. ރ. މާކުރަތު- މާކުރަތު ސްކޫލް
  20. ރ. ރަސްގަތީމް- ރަސްގަތީމް ސްކޫލް
  21. ރ. ވާދޫ- ވާދޫ ސްކޫލް
  22. ބ. ފުޅަދޫ- ފުޅަދޫ ސްކޫލް
  23. ބ. ހިތާދޫ- ހިތާދޫ ސްކޫލް
  24. ޅ. ކުރެންދޫ- ޅ. އަތޮޅު މަދަރުސާ
  25. ކ. ހިންމަފުށި- ހިންމަފުށީ ސްކޫލް
  26. ކ. ގުރައިދޫ- ގުރައިދޫ ސްކޫލް
  27. ކ. ދިއްފުށި- ދިއްފުށި ސްކޫލް
  28. އއ. ރަސްދޫ- އއ. އަތޮޅު އެޑިޔުކޭޝަން ސެންޓަރ
  29. އއ. ފެރިދޫ- އއ. އަތޮޅު މަދަރުސާ
  30. އއ. މާޅޮސް- މާޅޮހު ސްކޫލް
  31. އދ. މާމިގިލި- އދ. އަތޮޅު މަދަރުސާ
  32. އދ. ކުބުރުދޫ- ކުބުރުދޫ ސްކޫލް
  33. އދ. ދިއްދޫ- ދިއްދޫ ސްކޫލް
  34. ވ. ފުލިދޫ- ވ. އަތޮޅު މަދަރުސާ
  35. މ. މުލި- މ. އަތޮޅު އެޑިޔުކޭޝަން ސެންޓަރ
  36. މ. ނާލާފުށި- ނާލާފުށި ސްކޫލް
  37. ދ. މާއެނބޫދޫ- މާއެނބޫދޫ މަދަރުސާ
  38. ތ. ތިމަރަފުށި- ތ. އަތޮޅު އެޑިޔުކޭޝަން ސެންޓަރ
  39. ތ. ބުރުނީ- ބުރުނީ ސްކޫލް
  40. ތ. ކަނޑޫދޫ- ކަނޑޫދޫ ސްކޫލް
  41. ތ. ވަންދޫ- ވަންދޫ ސްކޫލް
  42. ތ. ގާދިއްފުށި- ގާދިއްފުށި ސްކޫލް
  43. ލ. މާބައިދޫ- ލ. އަތޮޅު މަދަރުސާ
  44. ލ. މާވަށް- މާވަށު ސްކޫލް
  45. ލ. ހިތަދޫ- ހިތަދޫ ސްކޫލް
  46. ލ. އިސްދޫ-ކަޅައިދޫ- އިސްދޫކަޅައިދޫ ސްކޫލް
  47. ލ. މުންޑޫ- މުންޑޫ ސްކޫލް
  48. ލ. ދަނބިދޫ- ދަނބިދޫ ސްކޫލް
  49. ލ.ގަން/މުކުރިމަގު- މުކުރިމަގު ސްކޫލް
  50. ލ. ގަން- އިހައްދޫ ސްކޫލް
  51. ގއ. ވިލިނގިލި- ގއ. އަތޮޅު އެޑިޔުކޭޝަން ސެންޓަރ
  52. ގއ. ނިލަންދޫ- ނިލަންދޫ ސްކޫލް
  53. ގއ. ކޮނޑޭ- ކޮނޑޭ ސްކޫލް
  54. ގއ. ކަނޑުހުޅުދޫ- ކަނޑުހުޅުދޫ ސްކޫލް
  55. ގއ. ދާންދޫ- ދާންދޫ ސްކޫލް
  56. ގދ. ހޯޑެއްދޫ- ހޯޑެއްދޫ ސްކޫލް
  57. ގދ. ނަޑެއްލާ- ނަޑެއްލާ ސްކޫލް
  58. ގދ. ރަތަފަންދޫ- ރަތަފަންދޫ ސްކޫލް
  59. ގދ. ވާދޫ- ވާދޫ ޖަމާލުއްދީން ސްކޫލް
  60. ގދ. ފިޔޯރީ- ފިޔޯރީ ސްކޫލް
       

 

ސެޓިފިކެޓް 3 އެއަރކޮންޑިޝަނިން އަދި ސެޓިފިކެޓް 3 ވެލްޑިން

ޢަދަދު: 12

މުއްދަތު: ފުލްޓައިމް ކޯހެއްގެ މުއްދަތު

ޢިނާޔަތްތައް

  • ކިޔަވާ ކޯހުގެ ޓިއުޝަން ފީ
  • ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި ދެވޭ -/5000 ރުފިޔާ
  • ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާރމަކު -/5000 ރުފިޔާ
  • ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި -/5000 ރުފިޔާ
       

 

ސްކޮލަރޝިޕްގެ ޚާއްޞަ ޝަރުޠުތައް

  • ކޯސްތަކަށް ކުރިމަތިލުމުގެ ފެންވަރު ކަމުގައި ބަލާނީ އެކޯހަކަށް ވަނުމަށް ކަނޑައެޅިފައިވާ ޝަރުތުތަކެވެ.  ދަރިވަރުން  ހޮވާނީ ކޯހަކަށް ކުރިމަތިލާ ދަރިވަރުންގެ ފެންވަރަށް ނުވަތަ އެކެޑެމިކް މެރިޓަށް ބަލައިގެންނެވެ.
  • ސްކޮލަރޝިޕަށް ކުރިމަތިލާ ކޯހާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ޙާޞިލުކޮށްފައި ނުވުން.
  •   އާމްދަނީ ލިބޭ، ހަފުތާއަކު 20 ގަޑިއިރަށް ވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާނުކުރުން.

ސްކޮލަރޝިޕްގެ ޢާއްމު އުސޫލުތައް

  • ދަރިވަރު ކިޔަވަމުންދަނިކޮށް، އެހެން ފަރާތެއްގެ ސްކޮލަރޝިޕް އެއް ލިބިއްޖެނަމަ އެކަން ޔުނިވަރސިޓީއަށް އަންގަންޖެހޭނެއެވެ. އަދި އެވަގުތުންފެށިގެން ސްކޮލަރޝިޕް ގެ ފައިސާ ދިނުން ހުއްޓައިލެވޭނެއެވެ.
  •  ސްކޮލަރޝިޕް ދޭ އެއްވެސް ދަރިވަރަކު އޭނާގެ ކޯސް ފަސް ކޮށްފިނަމަ (ޑިފަރ ކޮށްފިނަމަ) ސްކޮލަރޝިޕް ގެއްލޭނެއެވެ.
  •  ސްކޮލަރޝިޕް ލިބެން ފަށާ ތާރީޚް އެ ސްކޮލަރޝިޕް ލިބުނުކަން އަންގާ ސިޓީގައި ބަޔާން ކުރެވިފައި ވާނެއެވެ.
  • ސްކޮލަރޝިޕްގެ ދިގުމިނަކީ ރަޖިސްޓްރީ ކުރި ކޯހުގެ ފުލްޓައިމް މުއްދަތެވެ. ސްކޮލަރޝިޕްގެ ފައިސާ ލިބުމަށްޓަކައި، ދަރިވަރު ފުލްޓައިމްކޮށް ކޯހުގައި ކިޔަވަމުންދާން ވާނެއެވެ.
  • ކޯހުގެ ފުލްޓައިމް މުއްދަތު ހަމަވުމުން ސްކޮލަރޝިޕް ފައިސާ ދިނުން ހުއްޓައިލެވޭނެއެވެ.
  • ދަރިވަރު މަދުވެގެން ކޮންމެ ސެމިސްޓަރަކު 60 ކްރެޑިޓް ޕޮއިންޓްގެ މާއްދާތަކުގައި ރަޖިސްޓްރީ ވެފައިވާން ވާނެއެވެ. ދަރިވަރު ކިޔަވާ މާއްދާތައް މަދުކޮށްފިނަމަވެސް، ސްކޮލަރޝިޕްގެ ފައިސާ ލިބޭނީ ކޯހުގެ ފުލްޓައިމް މުއްދަތު ހަމަވަންދެންނެވެ.
  •  ދަރިވަރު ކިޔަވާ ކޯސް ބަދަލުކޮށްފިނަމަ، ސްކޮލަރޝިޕް ގައި ފައިސާ ދިނުން ހުއްޓޭނެއެވެ.
  •  ކޯސް ނިމުމުގެ ކުރިން އެއްވެސް ސަބަބަކާ ހުރެ، ކިޔެވުން މެދުކަނޑާލައިފިނަމަ، ނުވަތަ ކިޔަވާ މާއްދާތައް ކަނޑައެޅިފައިވާ މާއްދާތަކަށް ވުރެ މަދުކޮށްފިނަމަ، ސްކޮލަރޝިޕް ގެ ފައިސާ ދިނުންހުއްޓައިލެވޭނެއެވެ.
  •  ކިޔަވާ ކޯހުގެ މާއްދާތަކަށް ހާޒިރުވުން %80 އަށް ވުރެ މަދުވެއްޖެނަމަ، ސްކޮލަރޝިޕް ދިނުން ހުއްޓައިލެވޭނެއެވެ.
  •  މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ދަރިވަރަށް މެދުވެރިވީ ވަރަށް ޚާއްޞަ ހާލަތެއް ދިމާވެގެން ކަމުގައިވާނަމަ، އެހާލަތަށް ރިޢާޔަތްކޮށް ސްކޮލަރޝިޕް ދެމެހެއްޓުމަށް އެދުމުގެ ފުރުޞަތު ދަރިވަރަށް ލިބިގެންވެއެވެ. މިގޮތަށް ދަރިވަރަކު އެދޭ ހާލަތްތަކުގައި، އޭނާގެ ސްކޮލަރޝިޕް ދެމެހެއްޓުމާ މެދު ވަކިގޮތެއް ނިންމާނީ ސްކޮލަރޝިޕް ކޮމިޓީން އެދަރިވަރަށް ދިމާވި ހާލަތަށް ބެލުމަށް ފަހުގައެވެ.

ސްކޮލަރޝިޕްގެ ޢާއްމު ޝަރުޠުތައް

 

  • ދިވެހިރައްޔިތެއްކަމުގައިވުން.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔެވުމަށް އެއްބަސްވުން.
  • ކިޔެވުމަށް އެހެން ސްކޮލަރޝިޕް އެއް ލިބިފައި ނުވުން.
  • ސްކޮލަރޝިޕަށް އެދޭ ކޯހުގެ ކިޔެވުން ފެށުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ކިޔެވުން ފެށުމަށް ހުރަހެއް ނެތުން.
  • މުދައްރިސުންނަށް އަމާޒުކުރެވޭ ރަށްތަކުގެ ވަޒަންވެރިއެއް ކަމަށްވުން.
  • ދާއިމީ ވަޒީފާއެއް އަދާ ކުރަމުން ނުދިއުން.

ސްކޮލަރޝިޕަށް ކުރިމަތިލުމާއި ދަރިވަރުން ހޮވުން

  • ޙާއްޞަ ސްކޮލަރޝިޕްތަކަށް އިޢުލާނު ކުރާނީ ކޯސް ފެށުމުގެ ކުރިންނެވެ. މި ސްކޮލަރޝިޕަށް ކުރިމަތިލާނީ އެކަމަށް އެދި ހުށަހަޅާ ފޯމުންނެވެ.  މިސްކޮލަރޝިޕް އަށް ހޮވާނީ ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ތަޢުލީމީ ގޮތުން އެންމެ މޮޅު ދަރިވަރުންނެވެ. ދަރިވަރުންނަށް ލިބޭ  ޕޮއިންޓް އެއްވަރު ވެއްޖެނަމަ، ދަރިވަރަކު ހޮވާނީ އެދަރިވަރުންގެ މެދުގައި ގުރުއަތުލައިގެންނެވެ.
  • ސްކޮލަރޝިޕްތަކަށް އެދި ހުށަހަޅާނީ އޮންލައިންކޮށް ތިރީގައި މިވާ ލިންކުންނެވެ.

https://forms.gle/vWeauUg4RNFGzTdUA  

  • ސްކޮލަރޝިޕަށް ދަރިވަރުން ހޮވާނީ 2021 ވަނަ އަހަރުގެ ފުރަތަމަ ޓާރމްގައެވެ.
  • ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް އެ ފޯމުގައި ބަޔާން ކުރެވިފައި ވާނެއެވެ.
    • މިސްކޮލަރޝިޕަށް ހޮވާނީ ތައުލީމީ ގޮތުން އެންމެ މޮޅު ދަރިވަރުންނެވެ. ދަރިވަރުންގެ ނަތީޖާ ތަރުތީބު ކުރުމަށްފަހު، ލިބޭ މާރކްސް އެއްވަރު ވެއްޖެނަމަ ދާނީ ޤުރުއަތުލުމަކަށެވެ.

ސްކޮލަރޝިޕް ފޯމް ބަލައިގަންނަ އެންމެ ފަހު ތާރީޚް

18 ފެބުރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: އީމެއިލް:[email protected]  

12 ޖަނަވަރީ 2021
ހޯދާ