ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނަ އަހަރު އިޖުތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކޮއްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

2021 ވަނަ އަހަރު މިރަށު އިޖުތިމާޢީ ޞަރަހައްދުތައް ކުނިކަހާ ސާފްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 24 ޖަނަވަރީ 2021  ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ  -/100 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބިލެތްދޫ އިޖުތިމާޢީ ޞަރަހައްދު ކުނިކަހާ ސާފު ކުރުމަށް އެދި " މިހެން ލިޔުމަށްފަހުގައެވެ.  އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ޢާއްމުފަރުދެއްނަމަ، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމާއި، އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއާއި، ކުންފުނި / ޖަމްޢިއްޔާއަކުންނަމަ ޖަމްއިއްޔާގެ ވިޔަފާރި ރަޖިސްޓްރީ ގެ ކޮޕީ ގެންނަން ވާނެއެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ހާޞިރުވާނަމަ ބަދަލުހަމަ ޖެއްސިކަމުގެ ލިޔުމާއި ބަދަލު ހަމަޖެއްސިފަރާތުގެ އައިޑީކާޑުގެ ކޮޕީއާއި ޙާޟިރުވާފަރާތުގެ އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީ އަދި ކުންފުނި / ވިޔަފާރި / ޖަމްޢިއްޔާއެއްނަމަ  ތަމްޞީލްކުރާ ފަރާތް އަންގައިދޭ ލިޔުމާއި ޙާޞިރުވާ ފަރާތުގެ އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީ ގެންނަންވާނެއެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

  - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

11 ޖަނަވަރީ 2021
ހޯދާ