މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ގައި ބޯޓް ފަހަރު ބަނުމުގެ މަސައްކަތްތައް ކުރުމަށް ބިންދޫކުރުން

ނ.ކެނދިކުޅުދޫގައި ، ދަގަނޑުން ވެލްޑިންގ ކޮށްގެންނާއި ފައިބަރުން، ބޯޓް ފަހަރާއި ބާޖް އަދި މުދާ އުފުލާ އުޅަނދު ފަހަރު ބަނުމުގެ މަސައްކަތްތައް ވިޔަފާރި އުޞޫލުން ، ކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް  އެކަމަށް ބޭނުންވާ ބިން ދޫކުރުމަށް  މިކައުންސިޔުން ނިންމާ،  އެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                                                       

              ވީމާ، މިފަދަ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ، ކުރަން ޤަސްދު ކުރައްވާ މަސައްކަތާއި ގުޅޭ ގޮތުން ޕްރޮޕޯރސަލް ތައްޔާރު ކުރައްވައި، މި ޖެނުއަރީ މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުމަށް ދެންނެވީމެވެ.  މިކަމާއި ގުޅޭ ގޮތުން މިކައުންސިލްއިން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓް މިއިޢުލާން އާއި އެކު ގެޒެޓް  ކުރެވިފައިވާނެއެވެ.                                              

               ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.          

               27 ޖުމާދަލްޢޫލާ 1442             

               11  ޖެނުއަރީ  2021

11 ޖަނަވަރީ 2021
ހޯދާ