ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 02 އަދި 03 ވަނަ ފަންގިފިލާގެ ބެލްކަނި ބަންދުކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

މި ޓްރައިބިއުނަލުގެ 02 އަދި 03 ވަނަ ފަންގިފިލާގެ ބެލްކަނި ބަންދުކޮށް މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާގޮތަށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 12 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ޓްރައިބިއުނަލް (ގ.ފަތުރުވެހި، މަޓީ ބިލްޑިންގގެ 03 ވަނަ ފަންގިފިލާ، ބުރުޒުމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހު 13:00 (ގ.ފަތުރުވެހި، މަޓީ ބިލްޑިންގގެ 03 ވަނަ ފަންގިފިލާ، ބުރުޒުމަގު) އަށް އަގު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މި ޓްރައިބިއުނަލްގެ 3027802 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

 

27 ޖުމާދަލްއޫލާ 1442

11 ޖަނަވަރީ 2021
ހޯދާ