ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގު ކޮމިޓީއަށް މީހުން ހޯދުމާއިބެހޭ

 

 

ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި މެޖިސްޓްރޭޓް ކޯޓް

              މަޑަވެލި                                                                                                    ނަންބަރު : A/2021/01

             ދިވެހިރާއްޖެ.

 

 

 

އިޢުލާން

 

އަގު ކޮމިޓީއަށް މީހުން ހޯދުމާއިބެހޭ

            މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަން ޖެހޭ ތަންތަނާއި ތަކެތި އަގު ކުރުމަށްޓަކައި މިކޯޓުގައި އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

  • މަސައްކަތް : މިކޯޓުގައި ހިނގާ މައްސަލަތަކާއި ގުޅިގެން އެވަގުތަކު އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.
  • ބޭނުންވާ ޢަދަދު : 03 (ތިނެއް)
  • މަސައްކަތުގެ އުޖޫރަ : އަގުކުރުމުގެ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ.
  • ޝަރުޠު :- ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް އެއްދާއިރާއެއްގެ ހުނަރާއި މަޢުލޫމާތު ހުރި ފަރާތެއްކަމުގައިވުން.

            ވީމާ، މިކޮމިޓީގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ހާމަކޮށްދޭ ލިޔުން ނުވަތަ ސެޓްފިކެޓްތަކާއި އައި ޑީ ކާޑުގެ ކޮޕީއާއިއެކު ވަނަވަރު 21 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ފޯމް މިކޯޓުން ލިބެންހުންނާނެއެވެ.    

                             

26 ޖްމާދަލްއޫލާ  1442 ހ.

10 ޖަނަވަރީ    2021 މ.

 

 

 

            

                                            

                                                         

 

 

11 ޖަނަވަރީ 2021
ހޯދާ