ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޖުޑީޝަލް އެކަޑަމީގެ ކޯޓު ރޫމާއި ކްލާސްރޫމްތަކެއް މަރާމާތުކުރުމާއި ގުޅޭ

ޖުޑީޝަލް އެކަޑަމީގެ ކޯޓު ރޫމާއި ކްލާސްރޫމްތަކެއް މަރާމާތުކުރުމާއި ގުޅޭ

 

ޖުޑީޝަލް އެކަޑަމީގެ ކޯޓު ރޫމާއި ކްލާސްރޫމްތަކެއް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު 198F/2020/65 ޢިއުލާނާ ގުޅިގެން މަސައްކަތް ހަވާލުކުރުމަށް އެވޯޑްކުރި ފަރާތުން މަސައްކަތާ ހަވާލުވެފައި ނުވާތީ އާއި މި އިއުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ އެހެން ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެއް ބޮޑެތި އަގުތަކެއްކަމަށް ފާހަގަކުރެވިފައިވާތީ  މިމަސައްކަތް ކޮށްދޭން ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިއުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2021 ޖަނަވަރީ 17 ވާ ދުވަހުގެ 11:00 ގައި ވިލިމާލެގައި ހުންނަ ޖުޑީޝަލް އެކަޑަމީގައި އޮންނާނެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 19 ވަނަ ދުވަހުގެ  13:00އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޖުމާދަލްއޫލާ 1441

11 ޖަނަވަރީ 2021
ހޯދާ