އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2020 " މުބާރާތުގެ ސައުންޑް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 ގެ ނަމުގައި އައްޑޫސިޓީ ކައުންސިލުން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތް، 2021 ޖަނަވަރީ 23 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ކުޅެވޭ ހުރިހާ މެޗްތަކަށް ބޭނުންވާނެ ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2021 ޖަނަވަރީ 13 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް، މި އިދާރާގެ ސޯޝަލް ސަރވިސް ސެކްޝަންގެ މެއިލް އެޑްރެސް ([email protected]) އަށް އީ-މެއިލްއަކުން ހުށަހެޅުއްވުން އެދެމެވެ. މިގޮތުން، ހުށަހަޅުއްވާއިރު މިކަން ކޮށްދެވޭނެ އަގަކާއި އުޞޫލު ހުށަހެޅުއްވުންވެސް އެދެމެވެ.

  މިކަމަށް އެދޭ ފަރާތްތަކުން ކޮށްދެއްވުން އެދޭ ކަންތައްތައް:

  • ކޮންމެ މެޗެއް ކުރިއަށްދާ ވަގުތު ބޭނުންވާނެ ސައުންޑް ހަމަޖެއްސުމާއި ސައުންޑަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުން.  
  • މުޅި މުބާރާތުގެ ސައުންޑް ޕާޓްނަރުގެ ގޮތުގައި ތަމްޞީލު ކޮށްދެއްވުން.

27 ޖުމާދުލްއޫލާ   1442

11 ޖަނަވަރީ 2021
ހޯދާ