މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ލެބޯރެޓަރީ ސާމްޕަލްތައް އައި.ޖީ.އެމްއެޗަށް ގެންގޮސްދިނުމަށް ފަރާތެއް ހޯދުމަށް

 އިޢުލާން

 

 މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ލެބޯރެޓަރީ ސާމްޕަލްތައް އައި.ޖީ.އެމްއެޗަށް ގެންގޮސްދިނުމަށް ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 10 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 18 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 19 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހު ހެނދުނުު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

10 ޖަނަވަރީ 2021
ހޯދާ