މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރގެ ދަށުން ހިނގާ އއ.ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ކޭޓަރިންގ ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

 ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރގެ ދަށުން ހިނގާ އއ.ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ކޭޓަރިންގ ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 10 ޖަނަވަރި 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 19 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ  މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ދަރުބާރުގެ ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 20 ޖަނަވަރީ 2021 ވާ ބުދަ ދުވަހު ހެނދުނުު 10:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  

ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

10 ޖަނަވަރީ 2021
ހޯދާ