މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް މެދުވެރިކޮށް ބާއްވާ ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ވާޗުއަލް ޓެކްނީޝަނުންގެ ތަމްރީން ޕްރޮގްރާމް

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް އިން ރާވާ ވާޗުއަލް ޓެކްނީޝަނުންގެ ތަމްރީން ޕްރޮގްރާމްގައި ދިވެހި ރާއްޖެއިން ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ޓެކްނީޝަނުން ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފައެވެ. ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން، ބައިވެރިވެލައްވަން ބޭނުންވާ ޕްރޮގްރާމް މޮޑިއުލްތައް (މޮޑިއުލް 1، 2، 3، 4) އެނގޭނެ ގޮތަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުއްވުން އެދެމެވެ.

ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އޯޒޯން ފަށަލައަށް ގެއްލުން ދޭ މާއްދާތަކާއި ޖައްވު ހޫނުކުރުމަށް އަސަރުކުރުވާ މާއްދާތައް ނައްތާލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިދާއިރާއިން މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިގޮތުން ވާޗުއަލްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނެއް ބައިވެރިކުރުމަށް މި މިނިސްޓްރީން ބޭނުންވެއެވެ. 4 ދުވަހުގެ މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރު މާރިޗު މަހުގެ ފަހުން ކަނޑައަޅާ ތާރީޙް އެއްގައެވެ.

-           

ކެންޑިޑޭޓުންގެ ޝަރުތު

  • ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ ދާއިރާއިން ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ލިބިފައިވުން.

ޕްރޮގްރާމްގައި ހިމެނޭ މޮޑިއުލްތަކުގެ ތަފްސީލު

 Module

 Detail

1

Good practices for reducing refrigerant consumption and emission

2

Low GWP alternatives, characteristics and safe transportation, storage and handling of flammable refrigerants

3

Installation of room air-conditioner (small and medium single split A/C)

4

Repairing and maintenance of room air-conditioning, domestic and small commercial refrigerators and freezers

 

އަދަދު

  • ޝައުގުވެރިވެލައްވާ އަދި ޝަރުތު ހަމަވާ ހުރިހާ ޓެކްނީޝަނުން

ހުށަހަޅަންޖެހޭ ތަކެތި

  • ޕްރޮގްރާމަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އަދި މިހާރު ކުރަމުންދާ މަސައްކަތާއި މަސައްކަތްކުރާތައް ހިމެނޭގޮތަށް)
  • ޕްރޮގްރާމަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

ސުންގަނޑި

12 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން

ލިޔެކިޔުންތައް ހުށަހަޅާނެ ގޮތް

އީ-މެއިލް ކުރާނީ[email protected]  އަށެވެ. އީމެއިލްކުރައްވާއިރު، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓްގައި އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

 

ވީމާ، މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން 12 ޖަނަވަރީ 2021 ގެ 12:30ގެ ކުރިން ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް، އަދި ބައިވެރިވާން އިޙްތިޔާރުކުރައްވާ މޮޑިއުލްތައް ބާޔަންކޮށްފައި ތިރީގައިވާ އީމެއިލް އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

 އީމެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

 

އިތުރުމައުލޫމާތު:

ފޯން: 3018369، 3018361

އީމެއިލް: [email protected]

10 ޖަނަވަރީ 2021
ހޯދާ