މަންދޫ ސްކޫލް، އދ. މަންދޫ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

01 . 2021 ވަނަ އަހަރަށް މި ސްކޫލްގެ  ސެކިއުރިޓީ  ބެލެހެއްޓުމަށް 15 ޑިސެމްބަރ 2020 ގައިކުރި ނަންބަރު 23GS-156/IUL//2020/ އިއުލާންވަނީ ކުރީގެ އުސޫލާއެއްގޮތަށްކުރެވުމުން ބާތިލުކޮށްފައެވެ. ވީމާ، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ. މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައި ވާނެއެވެ.

02 . މި ބީލަންގައި ބައިވެރިވާން އެދޭ ފަރާތްތަކުން  10 ޖެނުއަރީ 2021 އިން 13 ޖެނުއަރީ 2021 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 09:00 ން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި  ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

03 . މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  14 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ފޮނުއްވުން އެދެމެވެ.

04 . މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 17 ޖެނުއަރީ 2021  ވާ އާދިއްތަ ދުވަހުގެ  11:45 ގައި މި ސްކޫލްގައެވެ.

05 . ބިޑް ހުޅުވުން އޮންނާނީ 21 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 11:45 ގައި މިސްކޫލްގައެވެ.

މަޢުލޫމާތު ސާފުކުރުމަށް އަދި ބިޑް ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި ދުރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

 

06 . ނަން ނޯޓް ކުރުމާއި އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަންދޫ ސްކޫލް / އދ.މަންދޫ

ފޯން ނަންބަރު : 7949320

އީ-މެއިލް އެޑްރެސް : [email protected]

 

                     26 ޖުމާދަލްއޫލާ  1442

                     10 ޖެނުއަރީ 2021

10 ޖަނަވަރީ 2021
ހޯދާ