ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ވިއްކުމަށް ހޯރަފުށިން ބިން ކުއްޔަށް ދޫކުރުމާ ބެހޭ

އިޢުލާން

ޢިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ވިއްކުމަށް ހޯރަފުށިން ބިން ކުއްޔަށް ދޫކުރުމާ ބެހޭ.    

                   ޢިމާރާތްކުރުމުގެ ތަކެތި ފަސޭހަކަމާއެކު ހެޔޮ އަގުގައި ހޯރަފުށިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ބޭނުމުގައި އެ ތަކެތީގެ ވިޔަފާރި ކުރުމަށް ހޯރަފުށިން 10،000 އަކަފޫޓުގެ ބިން ދޫކުރުމަށް ރަށުކައުންސިލުން ވަނީ ނިންމައިފައެވެ.   

                   ވީމާ، ޢިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ވިއްކުމަށްޓަކައި ހޯރަފުށިން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުމަށް އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސެޝަންގައި ރަޖިސްޓްރީވުން

12 ޖަނަވަރީ 2021

އަންގާރަ

10:00

ނޯޓް: މައުލޫމާތު ސެޝަންގައި ރަޖިސްޓްރީވުމަށް ތިރީގައިވާ މަޢުލޫމާތުތަކާއިއެކު12  ޖަނަވަރީ 2021 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އީމެއިލް: [email protected] ކުރައްވާށެވެ.

  • މައުލޫމާތު ސާފުކުރާ ކުންފުނި ނުވަތަ ވިޔަފާރީގެ ނަން
  • މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތުގެ ފުރިހަމަ ނަމާއި އައި.ޑީ ކާޑު ނަންބަރާއި ދާއިމީ އެޑްރެސް އަދި ފޯން ނަންބަރު
  • ކުންފުނީގެ ނުވަތަ ވިޔަފާރީގެ އީ-މެއިލް އެޑްރެސް (އޮންލައިންކޮށް ބާއްވާ ސެޝަންގެ ލިންކުވެސް މި އީމެއިލްއަށް ފޮނުވޭނެއެވެ.)

މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯސަލް ހުށަހަޅާ ފޯމު ދޫކުރުން

(މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ޒޫމް މެދުވެރިކޮށްވެސް ބައިވެރި ވެވޭނެއެވެ.)

14 ޖަނަވަރީ 2021

ބުރާސްފަތި

11:00

ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި

18 ޖަނަވަރީ 2021

ހޯމަ

11:00

                  މަޢުލޫމާތު ސާފުކުރާ ސެޝަންގައި ބައިވެރިވެވޭނީ ހަމައެކަނި މައުލޫމާތު ސެޝަންގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން މަޢުލޫމާތު ސެޝަންގައި ބައިވެރިވި ފަރާތްތަކަށް އެކަންޏެވެ.

                  މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  25 ޖުމާދަލްއޫލާ 1442

                  09 ޖެނުއަރީ   2021

09 ޖަނަވަރީ 2021
ހޯދާ