މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ބޭއްވުން

އިޢުލާން


        މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރިނެއް 26 ޖަނަވަރީ 2021 އިން 28 ޖަނަވަރީ 2021 އަށް ކ. ގުޅީފަޅު ސަރަޙައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ތަމްރީނަށް ތައްޔާރުވުމުގެ ގޮތުން ގުޅީފަޅު ސަރަޙައްދުގައި ޕްރީ-ޓްރޭނިންގތަކެއް 09 ޖަނަވަރީ 2021 އިން  14 ޖަނަވަރީ 2021 އަށް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުގައި ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

        ވީމާ، މިވާހަކަ މަޢުލުމާތަށްޓަކައި ދެންނެވީމެވެ.

07 ޖަނަވަރީ 2021
ހޯދާ